Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ނަތަންޔާހޫއަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ކުރީގެ އިސްރާއިލްގެ ބޮޑު ވަޒީރު ގޮވާލައިފި

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން، އެގައުމުގެ ޝަރީއަތްކުރާ ބާރު އެއްކޮށް އުނިކޮށްލާ، އެ ބާރު ފުރިހަމައަށް ސަރުކާރުގެ އަތް ދަށަށް ގަނައުމުގެ މަސައްކަތް ހުއްޓުމެންނެތި ކުރަމުން ގެންދާތީވެ، ދުނިޔޭގެ އިސްވެރިން ނަތަންޔާހޫއަށް އެއްބާރުލުން ދިނުން ހުއްޓުވާލުމަށް އެގައުމުގެ ކުރީގެ ބޮޑު ވަޒީރު އެހުދް އޮލްމާޓް ގޮވާލައިފިއެވެ.

3 އަހަރު ބޮޑު ވަޒީރުކަންކުރި އޮލްމާޓް މިފަދައިން އިލްތިމާސްކުރިއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކްއާއި ނަތަންޔާހޫ ބައްދަލުކުރުމުގެ އިންތިޒާމްކޮށްފައިވެއެވެ. އެސޯސިއޭޓެޑް ޕްރެސްއާއި ވާހަކަ ދައްކަވަމުން އޮލްމާޓްވަނީ، ބޮޑު ވަޒީރު ސުނަކްގެ ފަރާތުން އެ ބައްދަލުވުން ނުބާއްވަން އެދިފައެވެ.

"އިސްރާއީލުގެ ދައުލަތާއި ހަގީގަތުގައިވެސް އެއްބައި މީހުން ތިބެންޖެހޭނީ ބޮޑު ވަޒީރުއާއި ދެކޮޅަށް"، އޮލްމާޓް މިފަދައިން ބުނެފައިވާއިރު މިހާރުވެސް އަގައުމުގައި ހާހުން ރައްޔިތުންދަނީ ހުށްޓުމެންނެތި އިހްތިޖާޖުކޮށް، ސަރުކާރުން ގެންނަން އުޅޭ ބަދަލު ތަންފީޒްކުރުމަކީ ގައުމުގެ ޑިމޮކްރަސީ ނިގުޅައުގަތުންފަދަ ހާލަތަކާއި އެއްފަދަކުރަމުންނެވެ. މި އިހްތިޖާޖުތައް ކުރަމުން އަންނަތާ މިހާރު 2 މަހާއި ބައި ފާއިތުވިވެއްޖެއެވެ.

މިހާރުގެ ސަރުކާރަކީ އިސްރާއީލާއި ދެކޮޅު ސަރުކާރެއްކަމަށް ބުނެ، ސަރުކާރު އެކުލެވިގެންވާ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ކޯލިޝަންއަށް އޮލްމާޓު ފާޑުކިޔެވެ. ނަސްލި ތަފާތުކުރުމަށް އެއްބާރުލުންދިނުމާއި، ޓެރަރިސްޓު ޖަމާއަތްތައް ހިންގުމާއި، އަދި ކޮރަޕްޝަންގެ މައްސަލަތަކުގެ ދައުވާ އުފުލިފައިވާ ވަޒީރުން މިހާރުގެ އިސްރާއިލުގެ ސަރުކާރުގައި ގިނައެވެ.

ބޮޑު ވަޒީރު ނެޓަންޔާހޫވެސް ހުރީ ކޮރަޕްޝަންގެ ދައުވާގައި ޝަރީއަތުގައެވެ. ނަމަވެސް، ގާނޫނު ހަދާ ބާރު ސަރުކާރުގެ ދަށަށް ގެނެވިއްޖެ ހާލަތެއްގައި އެ މައްސަލަ ހިންދާލާނެކަމަށް ފާޑުކިޔުންތެރިން ބުނެއެވެ.

ކުރީގެ ބޮޑު ވަޒީރު އޮލްމާޓްގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 16 މަހުގެ ޖަލު ހުކުމެއް އިއްވި، ބަންދުކުރިއެވެ. ނަމަވެސް، އޭނާގެ މައްޗަށް ހުކުމް އިއްވުމުގެ އަހަރެއް ކުރިން އިސްތިއުފާދިނެވެ. އެދުވަސް ކޮޅުގައި އެ ބޭފުޅާއާއި ދެކޮޅަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި ނަތަންޔާހޫއަށް ތުހުމަތުވާ ރިޝްވަތުގެ މައްސަލައެއް އޮތް ހިނދު ބޮޑު ވަޒީރު ކަމުގައި ހުރުން ރަނގަޅު ނޫންކަމަށް އޮލްމާޓު ބުންޏެވެ.

އޮލްމާޓް އިސްތިއުފާދިނުމުގެ ކުރިން، ޕަލަސްތީނުގެ އިސްވެރިންނާއި އެކީގައި ސުލްހަމަސަލަސްކަން ގާއިމްކުރުމުގެ ގިނަ މަޝްވަރާކުރިއެވެ.

މި ލިއުމާއި ގުޅޭ