Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބައި އިލެކްޝަން

އދ.ދިއްދޫ ކައުންސިލުގެ ރައީސްކަމަށް ޢަބްދުﷲ ޣައްސާން

އދ.ދިއްދޫ ކައުންސިލުގެ ހުސްވެފައިވާ ކައުންސިލް ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރަން ބޭއްވި ބައި-އިލެކްޝަން އެ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޢަބްދުﷲ ޣައްސާން ކާމިޔާބުކުރައްވައިފިއެވެ.

ދިއްދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމުގެ ބައި-އިލެކްޝަން ބާއްވާފައިވަނީ ހޮނިހިރުދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބުގައި ޣައްސާނާ ވާދަކުރެއްވި އަޙްމަދު ޒަލީފުވެސް މަޤާމަށް ކުރިމަތިލެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. ޣައްސާނަށް 64 ވޯޓު ލިބިވަޑައިގެންނެވިއިރު ޒަލީފަށް ލިބިވަޑައިގަތީ 47 ވޯޓެވެ.

މި ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 148 މީހުންނެވެ. ވޯޓުގައި ބައިވެރިވީ 112 މީހުންނެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު ލިފައިވާ މީހުންގެ 75.68 އިންސައްތަ މީހުން ވޯޓުދީފައިވެއެވެ.

ދިއްދޫ ކައުންސިލުގެ ރައީސްގެ މަޤާމުގެ އިތުރަށް އެ ކައުންސިލުގެ މެންބަރަކު އިސްތިއުފާދެއްވާފައިވާތީ އެ ގޮނޑީގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

މި ލިއުމާއި ގުޅޭ