Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ހުސްވެފައިވާ މަޤާމަށް އައްޔަންކުރަން ތިން ނަމެއް ކޮމިޓީން ތަޅުމަށް ފޮނުވައިފި

ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބުރައީސް އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވި މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަންފުޅު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުވުމަށް ނިންމައިފިއެވެ.

ބްރޯޑްކޮމްގެ ނައިބުރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޤައިސްވަނީ ފާއިތުވި ޑިސެންބަރު މަހުގައި އިސްތިއުފާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނުގެ މަސައްކަތަށް ހުސްވެވަޑައިގެންފައެވެ.

ޤައިސް އިސްތިއުފާދެއްވުމުން ބްރޯޑްކޮމްއިން މެންބަރެއްގެ މަޤާމު ހުސްވުމާ ގުޅިގެން ރައީސް އޮފީހުން އެ މަޤާމަށް ކުރިމަތިލާން އިއުލާނުކުރިއެވެ. އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމުވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ލިސްޓެއް ފޮނުއްވާފައެވެ.

ރައީސް ފޮނުއްވި ލިސްޓު

  • އާމިނަތު ނުޒުހާ
  • ހުސައިން އަމްރު، ވ. ރޯޝަން
  • ޝާން ސާލިޖް މުހައްމަދު، ދ. ކުޑަހުވަދޫ/ފިނިވާދީ
  • މަރްޔަމް ނަރީމާން ޝަރީފް، ގދ. ތިނަދޫ/މުޝްތަރީގެ
  • މަރްޔަމް މުނާ، ސ. ފޭދޫ/ބޯގަންވީލާ

މި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުއްވީ ނުޒުހާއާއި އަމްރުއާއި ނަރީމާންގެ ނަންފުޅެވެ. ރައީސްގެ ލިސްޓުގައި ތިންވަނައަށް އޮތް ޝާންގެ ނަންފުޅު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ނުފޮނުވައެވެ.

ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ ދައުރު ހަމަވުމާ ގުޅިގެން އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅެއްގެ ނަންފުޅު ރައީސް އިބްރާހީމްވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ނަންތައް ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންދަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ