Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައީސް ނަޝީދުގެ "ކިއްލާ މާލޭ" މާދަމާ ނެރެނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވި އައު ދިރާސާ ފޮތް "ކިއްލާ މާލޭ" ނެރޭނެ ދުވަހެއް ނިންމަވައިފިއެވެ.

ރައީސް ނަޝީދުގެ ޕަބްލިޝިން ހައުސް، އޯޝަން ޕަބްލިޝާޒްގެ ފަރާތުން މި ފޮތް ނެރުމުގެ ހަފްލާ ބާއްވަން ނިންމާފައިވަނީ މާދަމާ ރޭ 8:15 ގައި ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައެވެ.

އެ ހަފްލާއަށް ދައުވަތުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ އެ ފޮތަކީ ފުރަ މާލޭގައި ޒަމާނުއްސުރެ ދިރިއުޅެމުން އައި އާއިލާތަކާއި އެ އާއިލާތަކުގެ މަތިކޮޅާ ގުޅޭގޮތުން އެކުލަވާލި ދިރާސާ ފޮތެއްކަމަށެވެ.

ރައީސް ނަޝީދު މާލެއާއި ގުޅޭގޮތުން ދިރާސާ ފޮތެއް ނެރުއްވަން ނިންމަވާފައިވާއިރު މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ ތާރީޚާއި އަދި ސިޔާސީ މަޝްރަހާބެހޭ ފޮތްތައް ލިޔުއްވާ ނެރުއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ