Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިކުއެޑޯ

އެކުއަޑޯއަށާއި ޕެރޫއަށް ނުރައްކާތެރި ބިންހެލުމެއް އަތުވެއްޖެ

ދެކުނު އެކުއަޑޯއަށާއި އުތުރު ޕެރޫއަށް ބާރުގަދަ 6.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް، 15 މީހުން މަރުވެ އަދި ދެ ގައުމަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

3 މިލިއަން އާބާދީއެއް އޮންނަ އެކުއަޑޯގެ މައި އެއް ޕޯޓް ގާޔުކުއެއިލްގެ ދެކުނުން 80 ކިލޯމީޓަރު ބޭރު ހިސާބަކުން މި ބިންހެލުން ފަށާފައިވާއިރު، މިހާތަނަށް ޕެރޫއިން އެކަކު މަރުވެ، އެކުއަޑޯއިން 14 މީހުން މަރުވިކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. ހަމައެއާއިއެކު، ގާތްގަނޑަކަށް 126 މީހުން މި ބިންހެލުމުގައި ޒަހަމްވެފައިވެއެވެ.

އެކުއަޑޯގެ 24 ސަރަހައްދަކަށް ބިންހެލުމުގެ އަސަރު ކޮށްފައިވާއިރު، އެ ގައުމުގެ އެކިއެކި ހިސާބުތަކުގައި އިމާރާތްތައް ސުންނާފަތިވެގެން ބިމާހަމަވެ، އެތަންތަނުގެ ދަށުގައި އަދިވެސް މީހުން ތާށިވެފައި އެބަ ތިއްބެވެ. މީގެ އިތުރުން، ގައުމުގެ ގިނަ ސަރަހައްދެއްގައި ދާމާފައި ހުރި ކަރަންޓު ލައިންތައް ވެށްޓިފައިވާއިރު، އެތަންތަން އަނބުރާ ރަނގަޅު ކުރުމަށާއި އަދި އިމާރާތްތައް ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް މީހުން ސަލާމަތްކުރާ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުރަތަމަ އެރި 6.8 މެގްނިޓިއުޑްގެ ބިންހެލުމަށް ފަހުގައި، ބިންހެލުމެއް އައުމުގެ ސަބަބުން އުފެދޭ އާފްޓާޝޮކްގެ ތަފާތު 2 އާފްޓާޝޮކްގެ އަސަރުކޮށްފައިވާކަމަށް އެކުއަޑޯގެ ޖިއޯފިސިކްސް އިދާރާއިން ބުންޏެވެ.

ވަރުގަދަ ބިންހެލުމެއް އައިސް، މުޅި ގައުމު ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިފައިއޮތް ވަގުތުގައި، އެންމެހާ ރައްޔިތުންވެސް ހަމަހިމޭންކަންމަތީގައި ތިބުމަށް އެކުއަޑޯގެ ރައީސް ގިލޭރމޯ ލާސޯ ކުރެއްވި ޓުވީޓެއްގައި އެދިވަޑައިގެންފައިވެއެވެ.

އެކުއަޑޯއަށާއި، އަދި ޕެރޫގެ އުތުރު ބޯޑަރުން ފެށިގެން އެ ގައުމުގެ ސެންޓުރަލް ޕެސިފިކް ކޯސްޓްއަށް ބިންހެލުމުގެ އަސަރުކޮށްފައިވާއިރު، މި ކާރިސާގެ ސަބަބުން ސުނާމީއެއް އަރާނެކަމުގެ ބިރެއް ނެތްކަމަށް ޕެސިފިކް ސުނާމީ ވޯނިންގް ސެންޓަރުން ބުންޏެވެ.

ބިންހެލުން އާންމުގޮތެގައި އަންނަ އެކުއާޑޯއަށް 2016 ވަނަ އަހަރުވެސް ވަރުގަދަ ބިންހެލުމެއް އައިސް 600 މީހުން މަރުވެފައިވާކަމަށް ބޭރުގެ މީޑިއާއިން ރިޕޯޓުކުރެއެވެ.

މި ލިއުމާއި ގުޅޭ