Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

ރައީސް އިބްރާހީމަށް ހިސާބުނުޖަހާ އޮތް ކަމެއް ކުރިމަތިނުވޭ: ޝަރީފު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، ހިސާބުޖަހާފައި ނެތް އެއްވެސް ކަމެއް ކުރިމަތިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ރައީސް އިބްރާހީމް ވިދާޅުވަމުންގެންދެވީ އެމަނިކުފާނު ވެރިކަމަށް ނިކުމެވަޑައިގަންނަވާނީ ފުޅާ ބޮޑު ކޯލިޝަނަކާއެކު ކަމަށެވެ. އަދި ކޯލިޝަނަކަށް ނޫނީ އިންތިޚާބު ކާމިޔާބުނުކުރެވޭނެކަމަށް އެއިރު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނާ ޕްރައިމަރީގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ފާހަގަކުރައްވަމުން ގެންދެވީ، 2018 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ހާލަތު ތަފާތުވުމުން ރައީސް އިބްރާހީމް އެދިވަޑައިގަންނަވާ ފަދަ ކޯލިޝަނެއް އެކުލަވައިނުލެއްވޭނެ ކަމަށެވެ.

އިންތިޚާބު ކާމިޔާބުވުމާއެކު 2018 ވަނަ އަހަރުގެ އިންތިޚާބަށް އެކުލަވައިލި ކޯލިޝަނުގެ ބައިވެރިންކަމަށްވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމަށް ރައީސް އިބްރާހީމްވަނީ ކޯލިޝަން އައުކުރެއްވުމުގެ ދައުވަތު ދެއްވާފައެވެ. އެ ޕާޓީތަކުގެ ތެރެއިން އެ ދައުވަތު ޤަބޫލުކުރީ އަދާލަތު ޕާޓީ އެކަންޏެވެ.

ޖުމްހޫރީ ޕާޓީންވަނީ އެ ޕާޓީ އިސްވެ އޮވެ އެކުލަވައިލާ ކޯލިޝަނަކާއެކު އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓެއް ނެރެން ނިންމާފައެވެ. އެމްއާރުއެމްއިން ރިޔާސީ އިންތިޚާބުގައި އަމަލުކުރާނެ ގޮތެއް ނުނިންމައެވެ.

މިހުރިހާ ކަމެއް ހިނގާފައިވަނިކޮށް އިއްޔެ މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް އިންތިޚާބަށް ނިކުމެވަޑައިގެންނެވީ ކުރިމަތިވެދާނެ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައްވަން ފުރިހަމައަށް ތައްޔާރުވެވަޑައިގެން ކަމަށެވެ.

"އަދި އެއްވެސް ސަޕްރައިޒެއް ނެތް. ހިސާބުނުޖަހާ އޮތްކަމެއް ދިމަލެއްނުވޭ. ރާސްތާ ތަންކޮޅެއް ދިގުވެދާނެ. އެހެން މައްސަލައެއް ނެތް،" ޝަރީފު ވިދާޅުވިއެވެ.

އަދި 2018 ވަނަ އަހަރު އެކުލަވައިލި ކޯލިޝަނުގައި ތިއްބެވި ބައެއް ޕާޓީތައް ވަކިވެގެން ހިނގައިދާނެކަމަށް ކުރިންވެސް ބެލެވުނު ކަމަށެވެ. އެއްކޮށް އެ ޕާޓީތަކުން ތިބުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވީ ނަމަވެސް އެކީގައި އެ ޕާޓީތައް ނެތަސް "ވަރިހަމަ"ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެމްޑީޕީއަށް ނިސްބަތްވާ 52 މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ 80 އަށްވުރެ ގިނަ ދާއިރާގެ ރައީސުން އަތުކުރި އޮޅާލައިގެން އެބަތިބި ކަމަށެވެ.

މި ލިއުމާއި ގުޅޭ