Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލިގެން ހޯދާ މީހެއް

ވިލިމާލެއިން ގެއްލިގެން ހޯދަމުން އައި ކުއްޖާ ހުޅުމާލެއިން ފެނިއްޖެ

ވިލިމާލެއިން ގެއްލިގެން ހޯދަމުން އައި ކުއްޖާ ހުޅުމާލެއިން ފެނިއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލެއް ވިދާޅުވި ގޮތުގައި ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހުގެ ރޭ ދަންވަރު 1:33 ހާއިރުއެވެ.


ބައެއް މީޑިއާއިން އެ ކުއްޖާގެ އާއިލާއާ ހަވާލުދީ ބުނެފައިވަނީ ރޭ 7:30 ހާއިރު އެ ކުއްޖާ ދިރިއުޅޭ ގެ ކައިރީ ހުރި ފިހާރައަށް ކަމަށް ބުނެ ގެއިން ނިކުތް ފަހުން އެ ކުއްޖާގެ ޚަބަރެއް މިހާތަނަށް އާއިލާއަށް ވެފައިނުވެއެވެ.

ގެއިން ނިކުތްއިރު އެ ކުއްޖާގެ އަތުގައި އޮތް ފޯނަށްވެސް ނުގުޅޭކަމަށްވެސް އާއިލާއިން މީޑިއާއަށް މައުލޫމާތު ދިނެވެ.

އެ ކުއްޖާ ހުޅުމާލެއިން ފެނުނުކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އެ ކުއްޖާ ފެނުނީ ކިހިނެއްކަން ހާމަނުކުރެއެވެ. ނަމަވެސް ހުޅުމާލެއިން އެ ކުއްޖާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުންޏެވެ.

އިތުރަށް ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ކަމަށެވެ.

މި ލިއުމާއި ގުޅޭ