މިއަހަރު ގައުމީ ޓީމު ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނިކުންނަ ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިގެން ގައުމީ ޓީމުގެ ސްކޮޑު އިއުލާނު ކޮށްފިއެވެ.
މި ހަފުތާގެ އަންގާރު ދުވަހު ރާއްޖެއާއި ޕާކިސްތާން ކުޅޭ އެކުވެރި ކަމުގެ މެޗް ބާއްވަން ނިންމާފައިވަނީ ލ. ގަމުގެ ޒޯން ސްޓޭޑިއަމްގައެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ކުޅެވޭނެ މެޗަކަށްވާއިރު، މި މެޗަކީ ފީފާ ރޭންކިންގައި ގުނާނެ މެޗަކަށްވާނެއެވެ.
ގައުމީ ސްކޮޑުގައި އުމުރުން 37 އަހަރުގެ ދަގަނޑޭ ހިމަނަން ގައުމީ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ނިންމާފައި މިވަނީ ބެލެވޭ ގޮތުގައި އޭނާ މިގައުމަށް ކޮށްދިން މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގައުމީ ޖާޒީގައި 100 މެޗު ހަމަކޮށްދިނުމުގެ ގޮތުންނެވެ.
ޕާކިސްތާނު މެޗަށް ނެގި ސްކޮޑު:
މިފަހަރުގެ ގައުމީ ސްކޮޑުގައިވެސް ކަކުލުގެ އޮޕަރޭޝަނުން ރިކަވާ ވަމުން އަންނަ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ހިމަނާފައިނުވެއެވެ.
އެކުވެރި ކަމުގެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، ރާއްޖޭގައި ފުޓުބޯޅަ ބޮޑު މުބާރާތެއް ނުބާއްވާތާ ހަތްމަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަން ފާހަގަ ކުރެވެއެވެ.