Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލިމާލެ

ވިލިމާލެއިން 13 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ

ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލެއް ވިދާޅުވި ގޮތުގައި ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:33 ހާއިރުއެވެ.

ބައެއް މީޑިއާއިން އެ ކުއްޖާގެ އާއިލާއާ ހަވާލުދީ ބުނެފައިވަނީ ރޭ 7:30 ހާއިރު އެ ކުއްޖާ ދިރިއުޅޭ ގެ ކައިރީ ހުރި ފިހާރައަށް ކަމަށް ބުނެ ގެއިން ނިކުތް ފަހުން އެ ކުއްޖާގެ ޚަބަރެއް މިހާތަނަށް އާއިލާއަށް ވެފައިނުވެއެވެ.

ގެއިން ނިކުތްއިރު އެ ކުއްޖާގެ އަތުގައި އޮތް ފޯނަށްވެސް ނުގުޅޭކަމަށްވެސް އާއިލާއިން މީޑިއާއަށް މައުލޫމާތު ދިނެވެ.

ފުލުހުން ބުނެފައިވަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ.

މި ލިއުމާއި ގުޅޭ