Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ރާއްޖޭގައި އުޅެމުން ދިޔައީ ހ. ސަލީމް ގެސްޓްހައުސްގައެވެ.

ވެންކަޓަރަމަނާގެ މައްޗަށް ފުލުހުން ވަނީ މީހުން ޓްރެފިކް ކުރަން އުޅުން ނުވަތަ ޓްރެފިކް ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އުފުލާފައެވެ.

އެމީހާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ، ވެންކަޓަރަމަނާ ޕައްލާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ އެއީ ގިނަބަޔަކު ޝާމިލްވެގެން، އިންތިޒާމް ވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ހިންގަމުންދާ ކުށެއް ކަމަށާއި ކުށުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ