Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އާ ކޯޗުގެ ޕްލޭންގައި ރޮނާލްޑޯ ހިމަނައިފި

ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވި ރޮބާޓޯ މާޓިނޭޒްގެ ޕްލޭންގައި އުމުރުން 38 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފި އެވެ.

ޕޯޗުގަލްގެ ކޯޗުކަމާ މާޓިނޭޒް ހަވާލުވީ ފީފާ ވޯލްޑް ކަޕަށް ފަހު އެޓީމުގެ ކޯޗުކަމުން ފެނާންޑޯ ސަންޓޯސް ވަކިވުމުންނެވެ. ވޯލްޑް ކަޕްގައި މާޓިނޭޒް ހުރީ ބެލްޖިއަމްގެ ކޯޗަށެވެ.

މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އެންމެ ފުރަތަމަ ކުޅޭނީ ޔޫރޯ ކޮލިފައިންގައި މި ހަފްތާ ލިއެޗެސްޓިން އާއި ލަގްޒެމްބާގާ ދެކޮޅަށެވެ. އެ މެޗުތަކަށް ނެގި ސްކޮޑުގައި މާޓިނޭޒް ވަނީ ރޮނާލްޑޯ ހިމަނާފަ އެވެ.

ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ރޮނާލްޑޯ ހުރީ ވަކި ގޮތެއް ނުނިންމަ އެވެ. ވޯލްޑް ކަޕް ނުލިބި ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވުމުންނެވެ.

މިހާރު ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ އަލުން ޓީމަށް ނެގުމަށް ފަހު މާޓިނޭޒް ބުނީ ޕޯޗުގަލަށް ރޮނާލްޑޯ އަދިވެސް ވަރަށް މުހިއްމު ކަމަށާއި، އޭނާ އަށް އުމުރު މުހިއްމު ނޫން ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ޕޯޗުގަލް ލިއެޗެސްޓިންއާ ދެކޮޅަށް ނުކުންނައިރު ލަގްޒެމްބާގާ ދެކޮޅަށް ނުކުންނާނީ އޭގެ ތިން ދުވަސް ފަހުންނެވެ.

ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ޕޯޗުގަލް ޓީމަށް ކުޅުނު 196 މެޗުގައި ރޮނާލްޑޯ ވަނީ އެގައުމަށް 118 ގޯލު ޖަހައިދީފަ އެވެ.

މި ލިއުމާއި ގުޅޭ