Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

އެމްއާރްއެމްއިން ދިއުޅިދިގުނުކޮށް ވަކިވާންވީ، ފާރިޝްއަށް ރަނިންމޭޓްކަމެއް ނުދޭނެ: މަވޯޓާ

އެމްއާރްއެމްއިން ދިއުޅި ދިގުނުކޮށް ކޯލިޝަނުން ވަކިވާންވީކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރަނިން މޭޓަކަށް ވުމުގެ ފުރުސަތު އެ ޕާޓީގެ ރައީސް ފާރިސް މައުމޫނަށް ނުދެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް ރައީސްކަން ކުރައްވާ އެމްއާރްއެމްއިން ސަރުކާރު ކޯލިޝަނުން ވަކިވާން ބޭނުންނަމަ ދިއުޅި ދިގުނުކޮށް އަވަހަށް ވަކިވާންވީކަމަށް ވިދާޅުވެފައެވެ.

އެކަން ފާހަގަކުރައްވާ މަވޯޓާ ވިދާޅުވީ އެމްޑީޕީން ފާރިސް މައުމޫނަށް ރަނިންމޭޓް ކަމެއް ނުދޭނެ ކަމަށާ އެއީ ވާނެ ކަމެއް ނޫން ކަަމަށެވެ.

"އެމްއާރްއެމް އިން ވެސް ވަކި ވާން ބޭނުމިއްޔާ ދިއުޅި ދިގުނުކޮށް އަވަހަށް ވަކިވީމަ ނިމުނީ. އެމްޑީޕީ އަކުން ފާރިސް މައުމޫން އަކަށް ރަނިންމޭޓް ކަމެއް ނުދޭނެ. އެޔަކީ ވާނެ ކަމެއް ނޫން،" މޮޥާތާ ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މަވޯޓާ މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު ރައީށް އިބްރާހިމް ވަނީ ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތުމުން ކޯލިޝަން އާ ކުރެއްވުމުގެ ދައުވަތު އެމްއާރްއެމަށްވެސް ދީފައެވެ. ނަމަވެސް އެމްއާރްއެމްއިން އަދި ގޮތެއް ނުނިންމައެވެ.

މި ލިއުމާއި ގުޅޭ