Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ނަޑެއްލާ ފުޓުބޯޅަ ދަނޑުގައި ރުއް އިންދައިފި

ގދ. ނަޑެއްލާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ދިގުލައިގެންދާތީ އެރަށު ޒުވާނުން ނިކުމެ ރުއް އިންދައިފިއެވެ.

ނަޑެއްލާ ޒުވާނަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން އެރަށުގެ ފުޓުބޯޅަ ދަނޑުގައި ޒުވާނުން ނިކުމެ ރުށް އިންދަން މަޖުބޫރުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން ގާތްވެފައިވާއިރު އަދި މިހާތަނަށް އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ނުފަށާތީއެވެ.

އެގޮތުން މީގެ ތިންއަހަރު ކުރިން ނަޑެއްލާގައި ފުޓްސަލް ދަނޑެއް އެޅުމަށް މިސަރުކާރުން އިއުލާނު ކުރި ކަމަށެވެ. އޭގެ ފަހުން އެއްވެސް ކަމެއް ނުކޮށް އޮއްވާ އެމްޑީޕީގެ ޕްރައިމަރީ ފެށެން އެއް ދުވަހަށް ވީތަނާ ސަބްބޭސް ހަދަން ވެސް އިއުލާނު ކުރި ކަމަށެވެ.

"ނަޑެއްލާގައި ޓާފް ދަޑެއް އަޅަން ބުނެ ޢިއުލާންކުރިތާ ތިން އަހަރުވެއްޖެ. އަންނަނީ އަންނަނީ ގަ ތިއްބާ މިއޮތްނިމެނީ!" ނަޑެއްލާ ޒުވާނަކު ބުނެފައިވެއެވެ.

ނަމަވެސް އަދިވެސް އެރަށުގެ ދަނޑު ހެދުމަށް އަމަލީއެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެރަށު ޒުވާނުން ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ނަޑެއްލާ ފުޓްސަލް ދަނޑުގެ ހާލަތު ބޭނުން ނުކުރެވޭ ހާލަތަށްގޮސް، މަރާމާތު ނުކުރެވި ގިނަ ދުވަސްވަނީ ކާޕެޓް ލިބުން ދަތިވުމުންކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ބ.ގޮއިދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ނުދާތީ ޒުވާނުން ނުކުމެ އެރަށުގެ ފުޓުބޯޅަ ދަނޑުގައި ވަނީ ދޮންކެޔޮ ގަސްތަކެއް އިންދައިފައެވެ.

ނަޑެއްލާ ފުޓްސަލް ދަނޑު މަރާމާތު ނުކުރެވި ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ސަރުކާރުން އެންމެ ބޮޑު އެއް ކާމީޔާބީގެ ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ގާއިމު ކުރި ފުޓްސަލް ދަނޑުތަކުގެ ވާހަކަ އައި ނަމަވެސް ގިނަ ރަށްތަކެއްގައި ހުރި ފުޓްސަލް ދަނޑުތައް މަރާމާތު ނުކުރެވި ޒުވާނުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ