Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްޕީއާރުސީ ކޮރަޕްޝަން

މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައި އެ ތުހުމަތުތައް ދޮގުކުރައްވައިފިއެވެ.

ޤައުމީ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސްގެ މަޤާމު ފުރައްވާފައިވާ މޫސާ އަލީ ޖަލީލަކީ ރާއްޖޭގެ ސިފައިންގެ ތާރީޚުގައި އުފެދުނު އެންމެ ޑެކަރޭޓެޑް ޚިދުމަތްތެރި އެއް އޮފިސަރެވެ. އޭނާއަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ބަފައިކަލުން ސިއްކަ އަޙްމަދު އިސްމާއީލު އިސްވެ ހުރި ގެނައި ބަޣާވާތް ފެއިލުކޮށްލެއްވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބަތަލެކެވެ.

އެމްއެމްޕީއާރުސީ ޚިޔާނަތާ ގުޅިގެން މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން މިހާރު އޮތީ ފޮނުވާފައެވެ. މި މައްސަލައާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސާ އަލީ ޖަލީލަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ދެއްވި ފައިސާއަކީ ކުށް ކޮށްގެން ހޯދި ފައިސާކަމަށެވެ. އަދި އެއީ ކުށްކޮށްގެން ހޯދި ފައިސާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި މޫސާ އަލީ ޖަލީލު ނެންގެވި ފައިސާ ކަމަށެވެ.

އޭސީސީން އިތުރށް ބުނީ އެ ފައިސާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އެކައުންޓަށް ޖަމާއކޮށް އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރައްވާފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މި މައްސަލާގައި އޭސީސީން މޫސާ އަލީ ޖަލީލުގެ މައްޗަށް އުފުލައިދިނުމަށް އެދިފައިވަނީ މަނީ ލޯންޑަކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނި ގޮތުގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކުރުމުގެ އިތުރަށް، އެ މައްސަލައާ ގުޅިގެން ދައުލަތަށް އަނބުރާ ލިބެންޖެހޭ 1 މިލިއަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާ ކަމަށެވެ.

އޭސީސީގެ ތުހުމަތުތަކާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ޖެނެރަލް މޫސާ އަލީ ޖަލީލު ވިދާޅުވީ އޭނާއާ ދެކޮޅަށް ކުރާ މުޑުދާރު އަނބުރު ނަގައިލުމުގެ ތުހުމަތުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގައި ބައިވެރިވާކަމަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކުރައްވައި އިންކާރުކުރައްވާ ކަމަށެވެ.

އަދި ކޯޓުތަކާއި ޤާނޫނީ ނިޒާމަށް އިތުބާރުކުރައްވާ ކަމަށާއި، އަދަލު އިންސާފަށް ނަސްރު ލިބި ކާމިޔާބުވާނެ ކަމަށްވެސް ޖެނެރަލް ޖަލީލު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ