Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ސިޔާސީ ބޭނުމަށް 150 ހައްޖު ކޯޓާ ރައީސް އޮފީހަށް!

ސައުދީ އަރަބިއްޔާ އިން މި އަހަރު ރާއްޖެ އަށް މީހުން ހައްޖަށް ގެންދިއުމަށް ދޫކުރި 1،000 ކޯޓާގެ ތެރެއިން، ސިޔާސީ ބޭނުމަށް ރައީސް އޮފީހުން 150 ކޯޓާ ނަގައިފި އެވެ.


މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ރާއްޖެ އަށް ސައުދީން ދިން 1،000 ކޯޓާގެ ތެރެއިން އަމިއްލަ ހައްޖު ގްރޫޕްތަކުގެ ތެރެއިން ކޯޓާ ދޭން ނިންމާފައިވަނީ ތިން ކުންފުންޏަކަށެވެ. އެއީ ކޮންމެ ކުންފުންޏަކަށް 90 ކޯޓާގެ މަގުން ޖުމްލަ 270 ކޯޓާ އެވެ. ބާކީ ބަޔަކީ ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ފޮނުވަން ކަނޑައަޅާފައިވާ 730 ކޯޓާ އެވެ.

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް އެތައް ބަޔަކު ކިޔުގައި އެބަތިއްބެވެ. އެކަމަކު މި އަހަރު ވެސް އެ ކޯޕަރޭޝަނަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން، ސިޔާސީ މަންފާ ހާސިލް ކުރުމަށް، ރައީސް އޮފީހުން ބޭނުންވާ ބަޔަކު ފޮނުވުމަށް 150 ކޯޓާ ނެގުމުން، އެ ކުންފުނީން ގެންދެވޭނީ 580 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީގެ އިސް ވެރިޔަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ، ރައީސް އޮފީހަށް ނަގާފައިވާ 150 ކޯޓާ އަށް މީހުން ގެންދާނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ކަމަށެވެ. އެކަމަކު އެ ކޯޓާ އަށް ގެންދާނެ މީހުން ކަނޑައެޅުމުގެ އެއްވެސް ބާރެއް ހައްޖު ކޯޕަރޭޝަނަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މި ސަރުކާރުން ވަނީ ހައްޖު ކޯޓާ އިން "ވައްކަން" ކޮށް ސިޔާސީ މަންފާ ހާސިލް ކުރުމަށް އެ ކޯޓާގެ ބޭނުން ހިފާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މީގެ ކުރީގެ ބައެއް އަހަރު ތަކުގައި، ބޮޑެތި އަދަދު ތަކުން އިސްލާމިކް މިނިސްޓްރީގެ ކޮންޓްރޯލްގެ ދަށަށް ކޯޓާ ނަގައި، ސިޔާސީ މީހުންނާއި އެ މީހުންނާއި ގުޅުން އޮންނަ ފަރާތްތައް ކިޔުގައި ޖެހުމަކާ ނުލައި ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ފޮނުވާފައި ވެއެވެ.

ރާއްޖޭގައި ދީން ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމަށް ވަކާލާތު ކުރާ އަދާލަތު ޕާޓީ ހިމެނޭ މި ސަރުކާރުގައި، އެ ޕާޓީގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ހައްޖު ކޯޓާ އިން ސިޔާސީ މަންފާ އަށް "ވައްކަން" ކުރާއިރު އެކަމާއި ދެކޮޅަށް އެ ޕާޓީ އަށް ނިސްބަތްވާ ދީނީ އިލްމުވެރިން ބަހެއް ބުނެފައި ނުވާ ކަން ފާހަގަ ކުރެވެ އެވެ.

މި ލިއުމާއި ގުޅޭ