Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ވާގޮތުން ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ ދިވެހިންނަށެވެ.

އެމީހުންގެ ކިބައިގައި ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއެކު ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައ ހުރި މީހަކަށް ވާންވާނެ އެވެ.
އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، ފިރިހެނުން އިސްކޮޅުގައި 5 ފޫޓް 5 އިންޗި ހުރުމާއި، އަންހެނުންގެ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ފުރިހަމަވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ވެސް ހިމެނެ އެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން އަދި އެމްއެންޑީއެފްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަން ޖެހޭނެ އެވެ.
ފޯމު ޑިފެންސް މިނިސްޓްރީން ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ މަހު 16 އެވެ.
މި ލިއުމާއި ގުޅޭ