Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

ބޮމްބޭ ދަރުބާރު ކުރިމައްޗަށް ގޮސް އަޑުގަދަކޮށް ހަޅޭއްލަވާ މީހެއްގެ މައްޗަށް ދައުވާކޮށްފި

ހުޅުމާލޭގައި ހިންގަމުން އަންނަ ބޮމްބޭ ދަރުބާރު ރެސްޓޯރެންޓު ކުރިމަތީގައި އަޑުގަދަކޮށް ހަޅޭއްލަވާ މީހެއްގެ މައްޗަށް އެ ރެސްޓޯރެންޓުގެ ފަރާތުން ދައުވާކޮށްފިއެވެ.

މިދިޔަ އަހަރު ޖޫން މަސް ތެރޭގައި ބޮމްބޭ ދަރުބާރު އަދި އަޤްސާ ލައިން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ސ.މީދޫ ދުވޭދާރުގޭ ހަސަން ސައީދު މައްޗަށް ސިވިލް ކޯޓުގައި އުފުލި ދައުވާގައި ބުނެފައިވަނީ އެ ވިޔަފާަރިތައް ހިންގާ އިމާރާތުގެ ކުރިމައްޗަށް ހަސަން ސައީދު ގޮސް، އެ އިމާރާތަކީ ވަގަށް ނަގައިގެން ކުލި ނުދައްކައި ބޭނުންކުރަމުންދާ އިމާރާތެއްގެ ގޮތަށް ދޭހަވާ ގޮތަށް ހަޅޭއްލަވައި މަދަނީ ފުރައްސާރައިގެ އަމަލުތައް ކުރަމުންދާތީ، އަދި މުސްތަގުބަލުގައިވެސް ކުރަމުންދާތީ، އެކަމުގެ ސަބަބުން ވިޔަފާރިއަށް ގެއްލުންވާތީ، އެކަން ހުއްޓުމަށް ހަސަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ހަސަން ސައީދު ވަނީ އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރާކަމަށް ބުނެފައެވެ.

މި މައްސަލާގައި ޝަރީއަތުން ފާހަގަކޮށްފައިވަނީ އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލުތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ ފުލުހުންނަށާއި ލޯކަލް ކައުންސިލްތަކަށް ކަމުން، އަދި އެފަދަ މައްސަލަ ތަކުގައި ދައުވާ ކުރެވޭނީވެސް އެ ދެ މުއައްސަސާއަށް ކަމުން، ބޮމްބޭ ދަރުބާރުގެ ފަރާތުން އެދުނު ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ބޮމްބޭ ދަރުބާރާއި އަޤްސާ ލައިން އިންވެސްޓްމެންޓް ހިންގަމުން އަންނަ ބިމަކީ ދައުވާ ލިބުނު ހަސަން ސައީދުގެ އާއިލާ މީހެއް ކަމަށްވާ ސ.މީދޫ ދުވޭދާރުގެ މަރިޔަމް ދީދީގެ ނަމުގައި އޮތް ގޯއްޗެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ