Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު

ޖޭޕީއާ ނުލާ ވެސް އިންތިހާބު ކާމިޔާބުކުރަން އެއްވެސް ގޮންޖެހުމެއް ނެތް ކަމަށް ސަރުކާރުން ބުނެފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ނުލާ ވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއްވެސް ގޮންޖެހުމެއް ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސިޔާސަތުތަކާ ދެކޮޅު ހައްދަވާ ބޭފުޅުންނާއި ސަރުކާރުގައި ތިއްބަވައިގެން ރައީސާ ދެކޮޅަށް ނުވަތަ ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކުރާ ބޭފުޅުންނާ އެކު ކުރިއަށްވަޑައިގަތުމަށް ދަތިވާނެ ކަމަށާއި، ނަމަވެސް ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަކީ ރައީސަށް އިންތިހާބު ކާމިޔާބުކުރުމަށް ގޮންޖެހުމަކަށް ވާނެ ކަމެއް ނޫން ކަމަށެވެ.

"ރައީސަށް ޗެލެންޖަކަށް ނުވާނެ. ރައީސާ ބައިވެރިވެވަޑައިގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނާ އެކު ރައީސަށް މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މިއުވާން ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ކެންޑިޑޭޓަކު ނެރެން ނިންމައި އެކަން އިއުލާނު ކުރުމާއި ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ވިދާޅުވެފައިވަނީ ޖޭޕީން ކެންޑިޑޭޓަކު ނެރޭ ނަމަ، ކަންތައް ކުރައްވާނެ ގޮތަކާ މެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށާއި ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެ ކަމަށެވެ.

9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށް ނިންމާ އެކަން އިއުލާނު ކުރުމާއެކު، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ސަރުކާރުން ޖޭޕީއަށް ދީފައިވާ ސްލޮޓްތައް ހުސްކުރުމަށް ގޮވާލަމުންނެވެ. ޖޭޕީ ތަމްސީލު ކުރާ ތިން މިނިސްޓަރުން މި ސަރުކާރުގައި ތިއްބަވައެވެ.

މި ކަމާ ގުޅިގެން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ އެއްވެސް ބޭފުޅަކު އިސްތިއުފާ ދީގެން ނުވާނެ ކަމަށާއި، އެއްވެސް ބޭފުޅަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށެވެ. ޖޭޕީގެ މެމްބަރުން އިސްތިއުފާ ދިނުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރާ އެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އެމްޑީއޭ އާއި އަދާލަތު ޕާޓީއެވެ. މި ދެޕާޓީއަކީ ވެސް ނިސްބަތުން މަދު އާންމު މެމްބަރުން ތަމްސީލް ކުރާ ދެޕާޓީކަން އިލެކްޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ލިއުމާއި ގުޅޭ