Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން 1.2 މިލިއަން ރުފިޔާއާ ހަމައަށް

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރަހުނަކާ ނުލައި ފައިސާ އާއި މުދާ ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއަށް ބޭންކް އޮފް މޯލްޑިވްސް އިން އިތުރު ކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެ ފެސިލިޓީ މެދުވެރިކޮށް ފައިސާ ހޯދުމާއި، މުދާ ގަތުމާއި، ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ވެސް ފައިނޭންސް ކޮށްދެވޭނެ ކަމަށެވެ.

މި ފެސިލިޓީ ދޫ ކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައަޅާނީ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީގެ މައްޗަށް ބެލުމަށް ފަހު ކަމަށާއި، އަދި ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައި ހުއްޓަސް ފެސިލިޓީއަށް އެދި ހުށައެޅޭނެ ކަމަށް އެބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މި ފެސިލިޓީއަށް އެދި އިންޓަނެޓް އަދި މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ޕާސަނަލް ފައިނޭންސިން އަށް ހުށަހެޅޭނެ ކަމަށާއި، އެޕްލިކޭޝަން ޕްރޮސެސްކުރުމަށް ނަގާނީ ފަސް ދުވަސް ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔާމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއް ވެސް ބަލައިގަންނާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ދެނީ، އިސްލާމިކް ބޭންކިންގެ އުސޫލެއް ކަމުގައިވާ ތަވައްރުގް (ކޮމޯޑިޓީ މުރާބަހާ) އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.

މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ އެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ރޭޓު އަހަރަކަށް 15 ޕަސެންޓް އަރާއިރު، މި ފެސިލިޓީ ދޫކުރަނީ ފަސް އަހަރުގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ލިއުމާއި ގުޅޭ