Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާގެ ބައިޑޫއިން ޗެޓްޖީޕީޓީއާ ވާދަކުރާނެ އޭއީ މަންސައެއް ތައާރަފުކޮށްފި

ޗައިނާގެ އެންމެ ބޮޑު ސާޗް އިންޖީންކަމަށްވާ ބައިޑޫއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް މަންސަކަމަށްވާ ޗެޓްބޮޑް އާނީ ތައާރަފުކޮށްފިއެވެ. މި ޗެޓް ބޮޓަކީ އޮޕެންއޭއައި ޗެޓްޖީޕީޓީއާ ވާދަކުރާނެ މަންސައެކެވެ.

އިނގިރޭސިން އާނީގެ ނަން ދީފައިވާ ޗެޓްބޮޓާމެދު ބައިޑޫގެ ސީއީއޯ ރޮބިން ލީ ބުރާސްފަތިދުވަހު ވިދާޅުވީ މި މަންސައަކީ އެތައް ދަރަހެއްގައި ބައިޑޫން ކުރި ދިރާސާތަކާއި މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. މި މަންސައަށް ޗައިނާ ބަހުން ދީފައިވާ ނަމަކީ ވެއިޝިންއެވެ.

ލީ ވިދާޅުވި ގޮތުގައި ދެ ބުރެއްގެ މަތިން އާނީއާ ދެއްކި ވާހަކަތަކުން އާނީގެ ހިސާބީ މަންތިގީ ގޮތަކަށް ވިސްނުމުގެ ޤާބިލުކަން ހުރި މިންވަރު ދައްކުވައިދީފައިވާ ކަމަށެވެ. "[އާނީއަށް] ސުވާލަކީ ރަނގަޅު ނުވަތަ ގޯސް ސުވާލެއްކަން އެނގެނީ އެކަންޏެއް ނޫން. ސުވާލަށް ޖަވާބެއް ދިނުމާއެކު، ޖަވާބު ދެނެގަތުމަށް އަޅާނެ ފިޔަވަޅުތައްވެސް ކިޔައިދޭ،" ލީ ވިދާޅުވިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ހަރަކާތެއްގައި ސިޝުއާންގެ ބަހުރުވައިން ވާހަކަދައްކަމުން ކޮންފަރެންސް ޕޯސްޓަރެއް ޖެނަރޭޓުކޮށް އެ ހަރަކާތް ބާއްވަން ޗައިނާގެ އެކި ސިޓީތަކުން އެންމެ ރަނގަޅު ތަނެއް ބުނެދޭތަން ދައްކުވައިދީފައިވެއެވެ.

ހަމައެހެންމެ ޗައިނާގެ މަޝްހޫރު މިސްޓްރީ ނޮވެލަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދީ، އެ ނޮވެލް ޚުލާޞާކުރާ ތަންވެސް އެ ހަރަކާތުގައި ބައިޑޫގެ ސީއީއޯ ލީވަނީ ދައްކަވައިލައްވާފައެވެ.

ލީ ވިދާޅުވި ގޮތުގައި މި އޭއައިގެ ފީޗާތައް ކުރިއަށް އޮތް ތަނުގައި ބައިޑޫގެ ޝިއައުޑޫ ސްމާޓު އީކޯ ސިސްޓަމުގެ އެކި ޑިވައިސްތަކަށް ތައާރަފުކުރެވިގެންދާނެ ކަމަށެވެ. އެންމެ ފުރަތަމަ މި ސިފަތައް ތައާރަފުކުރާއިރު، މި ޚިދުމަތްތައް ލިބޭނީ ވަކި އަދަދަކަށް ކަސްޓަމަރުންނަށް ކަމަށްވެސް ލީ ވިދާޅުވިއެވެ.

މި ބޮޓު އެންމެ ރަނގަޅަށް މަސައްކަތްކުރާނީ ޗައިނާ ބަހުންނެވެ. އިނގިރޭސި ބަހުން ކުރާ ސުވާލުތަކާއި، މަންތިގީ ކުށްތައް އެކުލެވޭ ސުވާލުތަކަށް ޖަވާބުދިނުމުގައި އާނީއަށް ކޮންމެވެސް މިންވަރެއްގެ ދަތިތަކެއް ކުރިމަތިވާކަމަށް އާނީ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ