Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީން ދިން ހަދިޔާތައް ދިނުމަށް ބްރެޒިލު ކޯޓަކުން ބޮލްސޮނާރޯއަށް އަންގައިފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި ބުރެޒިލުގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯއަށް ހަދިޔާއެއްގެ ގޮތުގައި ދިން ގަހަނާތަކެއް ފަސް ދުވަހުގެ މުއަދަތެއްގެ ތެރޭގައި އަނބުރާ ދައުލަތަށް ރައްދުކުރުމަށް ބްރެޒިލްގެ ފެޑެރަލް އޮޑިޓު ކޯޓަކުން އަމުރުކޮށްފިއެވެ.

ބުދަދުވަހުގައި އެ ކޯޓުން މި އަމުރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް މި ގަހަނާތައް ބުރެޒިލަށް އެތެރެކުރަން މަސައްކަތްކުރާކަން އެ ޤައުމުގެ ފުލުހުންނަށް އެނގިގެން ތަހުގީގެއް ފެށުމާ ގުޅިގެންނެވެ. ސައުދީ ރަސްގެފާނު ބޮލްސަނާރޯއާއި އޭނާގެ އަނބިކަނބަލުން މިޝެލްއަށް ދެއްވި ގަހަނާގެ އަގަކީ 3.2 މިލިއަން އެމެރިކާ ޑޮލަރެވެ.

ބްރެޒިލުގެ ފެޑެރަލް ކޯޓަކީ އެ ޤައުމުގެ ދައުލަތުގެ ޚަޒާނާއާ ގުޅުންހުރި މައްސަލަތައް ބަލާ ކޯޓެވެ. ބޮލްސަނާރޯއަށް ޔޫއޭއިން ހަދިޔާއެއްގެ ގޮތުގައި 2019 ވަނަ އަހަރު ލިބިވަޑައިގެންނެވި ދެ ބަޑިވެސް އަނބުރާ ސަރުކާރާ ހަވާލުކުރަން އަމުރުކުރައްވާފައިވާ ކަމަށެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އާންމު އޮފިޝަލުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗެއް އަތުގައި ބެހެއްޓޭނީ އެ އެއްޗަކީ ވަރަށް ޒާތީ އަދި ފައިސާގެ އަގުގެ ގޮތުން ދަށް އެއްޗަކަށްވާނަމަ ކަމަށެވެ. އަދި މި މައްސަލާގައި ހިމެނޭ ތަކެތި ރިޔާސީ ގަނޑުވަރަށް ފަސް ދުވަހުގެ ތެރޭގައި އަނބުރާ ދޭން އެ ހުކުމުގައި ބޮލްސަނާރޯއަށް އަމުރުކޮށްފައިވެއެވެ.

ބޮލްސަނާރޯގެ ސަރުކާރުގެ އޮފިޝަލުންތަކެއްވަނީ ޑައެމެންޑު ފަށަކާއި، އަނގޮއްޓިއަކާއި، ގަނޑިއަކާއި ކަންފަތުލާ މުދިތަކެއް ކަސްޓަމުން ބޭރުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް ބުރެޒިލުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި އެ ބޭފުޅުންނަށް އެކަން ނުކުރެއްވުނެވެ.

މި މައްސަލައާ ގުޅިގެން މިހާރު އަމިއްލައަށް އެމެރިކާއަށް އެރުވިވަޑައިގެން އެ ޤައުމުގައި ދިރިއުޅުއްވާ ބޮލްސަނާރޯގެ ބަޔާނެއް ނެގުމަށް ތަހުގީގަށް ހާޒިރުކުރާނެކަމަށް ބްރެޒިލުގެ ޖަސްޓިސް މިނިސްޓަ ފްލޭވިއޯ ޑީނޯ ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ