އަންނަ ރަމަޟާންމަހާ ދިމާކޮށް ރެޑްވޭވުން ފަށާފައިވާ ސޭލުގައި މުދަލުގެ އަގުތައް ވަރަށް ބޮޑަށް ހެޔޮކުރުމާއެކު ގިނަ ބައެއްގެ ތަރުހީބު ސޭލަށް ލިބެމުން އަންނަކަމަށް ރެޑްވޭވުން ބުނެފިއެވެ.
އަންނަ ރަމަޟާން މަހާ ދިމާކޮށް މާލެއާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ 16 ފިހާރާގައި ސޭލް އަޅުވާފައިވާއިރު، އެތަންތަނުން ބަދިގޭ ސާމާނާއި ކާބޯތަކެތީ ހެޔޮ އަގެއްގައި ވިއްކަމުން ދެއެވެ. އެގޮތުން ރެޑްވޭވްގެ ފިހާރަތަކުގައި ވިއްކާ ހުރިހާ ބާވަތެއްގެ މުދަލުން ބޮޑެތި ޑިސްކައުންޓުތަކެއް އަންނަނީ ދެމުންނެވެ.
ރެޑްވޭވްއިން ކުރިއަށްގެންދާ މި ސޭލަކީ އަންނަ އޭޕްރީލްމަހުގެ 20 ވަނަ ދުވަހާ ހަމައަށް އެ ކުންފުނިން ކުރިއަށްގެންދާ ސޭލެކެވެ. މި ސޭލްގައި 80 އިންސައްތައާ ހަަމައަށް ޑިސްކައުންޓު ލިބޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި އެ ސޭލުގައި އިތުރު ޕްރޮމޯޝަނެއްވެސް ރެޑްވޭލުން ކުރިއަށްގެންދެއެވެ. 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެއެވެ. މި ޕްރޮމޯޝަނުގައި 1 ވަނައަށް އަންނަ ފަރާތަކަށް 100،000 ރުފިޔާ އަދި ނަސީބުވެރި ފަސް ފަރާތަކަށް 10،000 ރުފިޔާ ދޭނެއެވެ.
ރެޑްވޭވުން އެދެނީ ތަކެތި ގަތުމުގެ ކުރިން އެކި ފިހާރަތަކުން އެ މުދަލެއް ވިއްކާ އަގު ބެލުމަށްފަހު އަޅައިބަލައި އެންމެ ހެޔޮ އަގުގައި މުދާ ވިއްކާ ފިހރާތަކުން މުދާ ގަތުމަށެވެ. ރެޑްވޭވްގެ އަމާޒަކީ ރައްޔިތުން ބޭނުންވާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.