Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފޯނުން ގުޅައިގެން މަކަރާއި ހީލަތް ހެދުމުގެ 266 މައްސަލަ، ދައުވާކުރަން ފޮނުވީ އެންމެ 2 މައްސަލަ

ފޯނުން ގުޅައިގެން މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފުލުހަށް ހުށަހެޅެން ފެށުނީ 2019 ވަނަ އަހަރުކަމަށާއި، ފާއިތުވި ތިން އަހަރާއި މި އަހަރުގެ މިހާތަނަށް ޖުމްލަ 266 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަން ހާމަވެއްޖެއެވެ.

2013 ވަނަ އަހަރުން ފެށިގެން ފުލުހަށް ހުށަހެޅިފައިވާ ސްކޭމްތަކާ ގުޅޭ މައްސަލަތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް"އިން އެދުމާ ގުޅިގެން ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ކުރިން ފޯނުން ގުޅައިގެން މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ފުލުހަށް ހުށަހެޅިފައިނުވެއެވެ.

2019 ވަނަ އަހަރު އެ ބާވަތުގެ އެއް މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅި ކޭސްކުރެވުނެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރަން ނުފޮނުވައެވެ. އަދި 2020 ވަނަ އަހަރުވެސް އެފަދަ އެއް މައްސަލަ ފުލުހުން ބެލިއެވެ. ދައުވާކުރަން ފޮނުވާފައިނުވެއެވެ.

2021 ވަނަ އަަހރު ފޯނުން ގުޅައިގެން މަކަރާއި ހީލަތް ހެދުމުގެ 62 މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގުކުރިއިރު އެ އަހަރުވެސް އެއްވެސް މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުންގެ ޚިދުމަތުން ފޮނުވާފައިނުވެއެވެ.

ފާއިތުވި 2022 ވަނަ އަހަރަކީ އެންމެ ގިނަ އަދަދަކަށް ފޯނުން ގުޅައިގެން މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ފުލުހަށް ހުށަހެޅުނު އަހަރެވެ. 186 މައްސަލައެއް އެ އަހަރު ކޭސްކުރެވުނެވެ. އަދި 2 މައްސަލައެއްގައި ދައުވާކުރަން ފޮނުވުނެވެ.

2019 ވަނަ އަހަރުން ފެށިގެން، ފޯނުން ގުޅައިގެން މަކަރާއި ހީލަތް ހެދުމުގެ 266 މައްސަލައެއް ފުލުހުން ބެލިއިރު ދައުވާކުރަން ފޮނުވާފައިވަނީ އެންމެ ދެ މައްސަލައެވެ.

ސްކޭމުތަކުގެ މައްސަލަތައް އިތުރުވަމުންދާއިރު، އެފަދަ މާލީ ކުށްތައް ހިންގާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމަށް އާންމުންގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މި ލިއުމާއި ގުޅޭ