Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

ޕީޕީއެމް އެހެން ބައެއްގެ ފަހަތަށް ނާރާނެ: އަދުރޭ

އިދިކޮޅު ޕީޕީއެމް އަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި އަދި އެހެން ކަމުން އެ ޕާޓީ އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ޕާޓީ އޮތީ ރައީސް ޔާމީނާއި އެކު ގަދަކޮށް ކަމަށެވެ. އަދި ޕީޕީއެމް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ދެކެވޭ ވާހަކައަކީ ބަޔަކު ބަލާ "ހުވަފެނެއް" ކަމަށް ވިދާޅުވިއެވެ.

އަދި އެޕާޓީގެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ދާދި އަވަހަށް އެމަނިކުފާނު ޖަލުން މިނިވަން ވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް ނާރާނެ އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް. ޕީޕީއެމް އޮންނާނީ އިރާދަކުރެއްވިއްޔާ ގަދަކޮށް ރައީސް ޔާމީނާ އެކީގައި. ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި ވާހަކައެއް އޮންނާނެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނެއޭ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
އަބްދުއްރަހީމް

އަދުރޭ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެ ޕާޓީގެ ބައެއް ފަރާތްތަކުން ދަނީ 2023 ގައި ޕީޕީއެމް ގެ ކެނޑިޑޭޓަކު ނުހުންނާނެ ކަމަށާއި އެ ޕާޓީގެ ތާއީދު ލިބޭނީ ޖޭޕީއަށް ކަމަށް ބުނަމުންނެވެ.

އެހެން ނަމަވެސް މީގެ ކުރިން ރައީސް ޔާމީންވެސް ވަނީ ޕީޕީއެމް އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ