Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަލްޑަމިއަރު ޕުޓިން

ރަޝިޔާގެ ގޭސް ހޮޅިތައް ގޮއްވާލީ އެމެރިކާއިން ކަމަށް ޕޫޓިން ތުހުމަތުކުރައްވައިފި

ރަޝިޔާއިން ޔޫރަޕަށް ގޭސް ފޮނުވުމަށް އަޅާފައިވާ ނޯރޑް ސްޓްރީމް 2 ގޭސް ހޮޅިތައް ގޮއްވާލީ އެމެރިކާއިން ކަމަށް ރަޝިޔާގެ ރައީސް ވަލްޑިމިރް ޕޫޓިން ތުހުމަތު ކުރައްވައިފިއެވެ.

ފާއިތުވި އަހަރު ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮވައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއިރު، ސީދާ އެކަން ކުރީ ކޮން ބައެއްކަން އަދިވެސް ނުހޯދެއެވެ. އެކަން ކުރީ ޔޫކްރެއިނަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ޕޫޓިން ވިދާޅުވީ އެ "ޓެރަރިސްޓު ހަމަލާ" ގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށެވެ.

ރަޝިޔާގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ޕޫޓިން ވިދާޅުވީ ގޭސް ހޮޅިތައް ގޮއްވާލުމުގައި އޮތީ އެމެރިކާގެ މަސްލަހަތު ކަމަށާއި، އެމެރިކާއިން ބޭނުންވަނީ ރަޝިޔާއިން ޔޫރަޕަށް ގޭސް ސަޕްލައި ކުރުން ހުއްޓުވުން ކަމަށެވެ. އަދި އެއަށްފަހު އެމެރިކާއިން ޔޫރަޕަށް ގޭސް އެކްސްޕޯޓު ކުރަން ބޭނުންވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ނޯޑްސްޓްރީމް ގޮއްވާލުމާއި ގުޅޭގޮތުން އިތުރަށް ޕޫޓިން ވިދާޅުވީ އެފަދަ ހަމަލާއެއް އާދައިގެ ބަޔަކަށް ނުދެވޭނެ ކަމަށާއި މިއީ ދައުލަތްތަކެއް އަޑީގައި ތިބެގެން ހިންގި ބޮޑު ޓެރަރިޒަމްގެ އަަމަލެއް ކަމަށެވެ.

"މިހާ ބާރުގަދަ ގޮއްވުމެއް، އެހާ އަޑީގައި ގޮއްވޭނީ އެކަމަށް ހާއްސަ ބަޔަކަށް، އަދި ހާއްސަ ޓެކްނޮލޮޖީތަކެއް ބޭނުންކޮށްގެން، ބާރުގަދަ ޤައުމެއްގެ މަދަދާއި އެކު" ޕޫޓިން ވިދާޅުވިއެވެ.

ފާއިތުވި މަސްތެރޭގައި ޕުލިޓްޒާ ޕްރައިޒް ހޯދާފައިވާ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ސޭމަރ ހާޝް ވަނީ ނޯރޑްސްޓްރީމް ގޮއްވާލީ އެމެރިކާ އާއި ނޯވޭ ގުޅިގެން ކަމަށް ތުހުމަތުކޮށްފައެވެ. މިގޮތުން ޖޫން 2022 ގައި ހިންގި އަސްކަރީ ތަމްރީނުތަކެއްގައި ނޯޑްސްޓްރީމް ގޭސް ހޮޅިތަކުގައި ބޮން ހަރުކޮށް އޭގެ 3 މަސް ފަހުން އެ ބޮންތައް ގޮއްވާލާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ދެ ޤައުމުންވެސް އެ ތުހުމަތުތައް ދޮގު ކުރެއެވެ.

މި ލިއުމާއި ގުޅޭ