Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިންގަޕޫރު

ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓުގެ ލަގަބު ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް

ލަންޑަނުގައި ހިންގަމުން އަންނަ ރިސާޗް ފާމެއް ކަމަށްވާ ސްކައިޓްރެކްސް އިން ހޮވާ ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓުގެ މަގާމު ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް 12 ވަނަ ފަހަރަށް ލިބިއްޖެއެވެ.

އެ އެއާޕޯޓަށް މި ލަގަބު މި ލިބުނީ 2021 އަދި 2022 ވަނަ އަހަރު އެ މަގާމު ގެއްލުމަށްފަހުގައެވެ. މީގެ އިތުރުން ޗަންގީ އެއާޕޯޓަށް ވަނީ އޭޝިއާގެ އެންމެ ރަނގަޅު އެއާޕޯޓުގެ މަގާމުވެސް ލިބިފައެވެ. ސްކައިޓްރެކްސް އިން އާންމުކޮށްފައިވާ ލިސްޓުގައި 2 ވަނަ ލިބިފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާގައި އޮންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި ތިން ވަނަ ލިބުނީ ޖަޕާނުގެ ޓޯކިޔޯގެ ހަނެޑާ އެއާޕޯޓަށެވެ.

ޗަންގީ އެއާޕޯޓުގެ ކްރައުން ޕްލާޒާއަށް ވަނީ ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓު ހޮޓެލްގެ މަގާމުވެސް ލިބިފައެވެ. މިއީ އެ ހޮޓަލަށް ޖެހިޖެހިގެން އެ މަގާމު ލިބުނު 8 ވަނަ ފަހަރެވެ.

ސްކައިޓްރެކްސް އިން މި ވަނަތައް ދިނީ އޯގަސްޓު 2022 އިން ފެބްރުއަރީ 2023 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު ސާވޭއަކަށްފަހުގައެވެ. މިގޮތުން ދަތުރުވެރިންގެ މެދުގައި ކުރެވުނު މި ސާވޭގައި، ދަތުރުވެރިންނަށް އެއާޕޯޓުގައި ކުރެވުނު ތަޖުރިބާތަކަށް ބިނާކޮށް ޕޮއިންޓު ދީފައިވެއެވެ.

ޗަންގީ އެއާޕޯޓަށް ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓުގެ މަގާމު 2013 އިން 2020 ވަނަ އަހަރަށް މެދު ކެނޑުމެއް ނެތި ލިބެމުން ދިޔައެވެ. 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެ އެއާޕޯޓަށް ލިބިފައިވަނީ 3 ވަނައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑު-19 ގެ ސަބަބުން އެއާޕޯޓުގައި އަޅާފައިވާ ތަފާތު ފިޔަވަޅުތަކެވެ.

މި ލިއުމާއި ގުޅޭ