Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއަން ޕްރިމިއަރ ލީގް

މީޑިއާނެޓް މޮބައިލް އެޕްލިކޭޝަނަށް އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) އަންނަނީ

ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ މުބާރާތް އިންޑިއަން ޕްރިމިއަރ ލީގު (އައި ޕީ އެލް) 31 މާރޗް 2023 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ ހުރިހާ މެޗެއް މިފަހަރު މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އައިސް އެކްސްޓްރާ ޗެނަލުން ވަގުތުން ބެލޭނެއެވެ.

އައި ޕީ އެލް ފާހަގަކޮށްލެވެނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާ މުބާރާތެއްގެ ގޮތުގައެވެ. އިންޑިއާގެ ސްޓޭޓްތަކަށް ނިސްބަތްވާ ފްރެންޗައިޒް 10 ޓީމެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެއެވެ. 20 އޯވަރު އުސޫލުން ޖުމްލަ 74 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިންޑިއާއަށް އުފަން އަދި އެހެން ގައުމުތަކުގެ ގިނަ ޒުވާން ކުޅުންތެރިންތަކަކަށްވެސް ވަނީ ފުރުސަތުދީފައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މުބާރާތުގައި އަލަށް ބައިވެރިވި ގުޖުރާތު ޓައިޓަންސްގެ ޓީމެވެ. މު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ މުމްބާއީ އިންޑިއަންސްގެ ޓީމެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ކަމުގައިވާ އިންޑިއާގެ ވިރާޓް ކޯލީ، އޮސްޓްރޭލިއާގެ ޑޭވިޑް ވާރނާ، ސައުތު އެފްރިކާގެ ކުއިންޓަން ޑި ކޮކް، އިނގިރޭސިވިލާތުގެ ސޭމް ކުރަން އަދި ވެސްޓް އިންޑީޒްގެ އަންޑްރޭ ރަސެލް މިއަހަރުގެ މުބާރާތުގައިވެސް ކުޅޭކަން ފާހަގަކޮށްލެވެއެވެ.

މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ދުނިޔޭގެ ކްރިކެޓް މުބާރާތެއް މީޑިއާނެޓުގެ އައިސް ނެޓްވޯރކް މެދުވެރިކޮށް ގެނެސްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިވަގުތުވެސް ވިމެންސް އައި ޕީ އެލްގެ މެޗުތައް، މީޑިއާނެޓު ކަސްޓަމަރުންނަށް އައިސްގެ ޗެނަލްތައް މެދުވެރިކޮށް އަންނަނީ ގެނެސްދެމުންނެވެ.
މި ލިއުމާއި ގުޅޭ