Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރަމަޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކުރަން އެބަ މަސައްކަތްކުރަން: އިދިކޮޅު

ޖަލުގައި ހުންނެވި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ބުނެފިއެވެ.

ޕީޕީއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބުރައީސް އަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީޕީއެމްގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ރައީސް ޔާމީނު ގެއަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެން ޖަލުގައި ހުންނެވި މުއްދަތުގައި ރަމަޟާންމަހަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދިނުމަށް ޕީޕީއެމްއާއި އެމަނިކުފާނުގެ އާއިލާއިން ސަރުކާރުގައި އެދުނު ނަމަވެސް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.

ޝުޖާ ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ހުރިހާ ގުނަވަންތަކެއް ހަރަކާތްތެރިވަމުންދަނީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށް ކުޑަ ހިދުކޮޅެއް ނަމަވެސް އާއިލާގެ އަރިހުގައި ހޭދަކުރެއްވޭނެ ގޮތް ފަހިކުރުމަށެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހުގައި އެމަނިކުފާނު އާއިލާގެ އަރިހުގައި ގެކޮޅުގައި ހުންނެވުމަކީ ޕާޓީންވެސް ބޭނުންވާ ގޮތް ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަދި އެ ހުކުމަށްފަހު ހައިކޯޓަށް ޕްރޮމޯޓުކޮށްފައިވާ ޤާޟީ އަޙްމަދު ޝަކީލު އިއްވެވި 11 އަހަރުގެ ޖަލު ހުކުމް ރައީސް ޔާމީނުގެ ފަރާތްޕުޅުން މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޖަލު ހުކުމް އިއްވަވައި ޖަލުގައި ހުކުމް ތަންފީޒުކުރެއްވި ލީޑަރުން ކޮންމެ ރަމަޟާން މަހަކަށް ގެއަށް ބަދަލުކުރެއެވެ. އެގޮތުން ރައީސް ޔާމީނާ ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅުވައިގެން މީހުންގެ ހިތުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ސާބިތުނުވާ ވާހަކަތަކެއް ދައްކަވައިގެން ޖަލު ހުކުމެއް އިއްވައި ބަންދުގައި ހުންނެވި މިހާރު ހޯމް މިނިސްޓަރު އިމްރާނު ޖަލު ބަންދުގައި ހުންނަވަނިކޮށް ގެއަށް ބަދަލުކުރުމުން އީދު ދުވަހުގެ ފެންޖެހުމާއި ކުލަޖެހުމުގެ ކުޅިވަރުތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިއުމާއި ގުޅޭ