Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަމަޟާން މަސް

ރަމަޟާން މަހު ވިޔަފާރިކުރެވޭނެ ގަޑިތައް ސަރުކާރުން ކަނޑައަޅައިފި

އަންނަ ރަމަޟާން މަހު ވިޔަފާރިކުރާ ތަންތަން ހިންގޭނެ ވަގުތުތައް ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހު ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފށެިގެން މެންދަމު 3:00 އާ ހަމައަށް ކަމުގައެވެ.

އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މުދާ ވިއްކާ ފިހާރތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތެއްކަމަށް މިނިސްޓްރީން ނިންމާފައިވަނީ ފަތިހު 5:30 އިން ފެށިގެން ދަންވަރު 2:00 އާ ހަމައަށެވެ.

އާންމުކޮށް މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް މިނިސްޓްރީން ބަދަލުތަކެއް ގެނައުމެވެ.

މި ލިއުމާއި ގުޅޭ