Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އެޗްޑީސީގެ މުވައްޒަފަކު ކުލި ފައިސާއިން ވައްކަންކުރި މައްސަލައެއް ފެންމަތިވެއްޖެ

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު އެ ކުންފުނިން ކުއްޔަށް ދޫކޮށްފައި ހުރި ފުލެޓުތަކުގެ ކުލި ފައިސާއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވައްކަމުގައި ވަގަށް ނަގާފައިވާ ފައިސާއަކީ އެޗްޑީސީގެ ކައުންޓަރަށް ފުލެޓާއި ބިމުގެ ކުލި ދައްކަމުން އައި ފަރާތްތަކުން ދެއްކި ފައިސާގެ ތެރެއިން ބައެކެވެ. އަދި އެ މުވައްޒަފު ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ ވޮއިސްއެމްވީގެ ނޫސްވެިރޔާ ޝަފްރާޒެވެ. އޭނާ އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައިފަހުން އެޗްޑީސީންވަނީ މި މައްސަލާގައި ޝާމިލުވާ މުވައްޒަފު ވަޒީފާއިން ވަކިކުރިކަން އޭނާއަށް ކަށަވަރުކޮށްދީފައެވެ.

މި ފައިސާ ވަގަށް ނެގީ ކުލި ފައިސާއާ ހަވާލުވުމުގެ މަސައްކަތްކުރި މުވައްޒަފެއްކަން ކަށަވަރުވެފައިވާއިރު، އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެޗްޑީސީން ބުނި ނަމަވެސް އޭނާ ވަގަށް ނެގީ ކިހައި އަދަދެއްގެ ފައިސާކަން އެޗްޑީސީން ކަށަވަރުކޮށްނުދެއެވެ.

އެ ކުންފުނިން އެ މައްސަލަ ބަލަމުންދާކަމަށާއި، ގެއްލުނު ފައިސާގެ އަދަދު ބެލުމުގެ އިތުރަށް ކުލި ދެއްކުމުން ވަގަށް އެ ފައިސާ ނަގާފައިވާތީ ކުލި ނުދައްކާކަމަށް ފެންނަ ފަރާތްތަކަށް ހަދައިދޭނެ ގޮތެއްވެސް އެ ކުންފުނިން އަންނަނީ ހޯދަމުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި ލިއުމާއި ގުޅޭ