Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

މި ފަސްއަހަރު ސަރުކާރަށް ހަމައެކަނި ކުރެވުނުހާވެސް ކަމަކީ ކޯލިޝަން ދަމަހައްޓަން ފައިސާ ބެހުން: އާދަމް ޝަރީފް

އެމްޑީޕީއަށް މިހާރު ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށާއި، ކޮރަޕްޝަނަށް 'ޒީރޯ ޓޮލަރެންސް' ކަމަށް ބުނެ އައި މި ސަރުކާރަށް ވެސް ހަމައެކަނި ކުރެވުނު ކަމަކީ ކޯލިޝަން ދެމެހެއްޓުމަށް ފައިސާ ބެހުން ކަމަށް، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އްޖޭން ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް)ގައި ބައިވެރިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުހައި މިއަދު އޮތް ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީއަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށެވެ. އެގޮތުން، ވެންޓިލޭޓަރުގެ ހިޔާނާތާއި އެމްއެމްޕީއާރްސީގެ މައްސަލައަށް ވީ ގޮތެއް ވެސް ސަރުކާރަށް މިހާތަނަށް ބެލިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީ އެއް ކަމެއް ނެތް. ހައްތަހާ ވެސް ސަރުކާރަށް ކުރެވުނު ކަމަކީ ކޯލިޝަން ހިފަހައްޓަން ވެގެން ހަމަ ފައިސާތައް، ލާރިތައް ކުންފުނިތަކުން ނަގައިގެން ބެހީ. މި ތިއްބެވި މެމްބަރުން ވެސް ހިތްވަރެއް ހުރިއްޔާ ވިދާޅުވަންވީ، ސަރުކާރު ކަރޮޕްޝަނުގެ ތެރެއަށް ވައްޓާލީ މަޖިލީސް މެމްބަރުންނާއި އެމްޑީޕީގެ ބޮޑެތި ވެރީން ގުޅިގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ މި ސަރުކާރުން ޒީރޯ ޓޮލަރެންސަށް ގެނައި ސިޔާސަތު ފެއިލްވީ ފެއިލްވީ މަޖިލިސް މެމްބަރުންނާއި ސަރުކާރުގައި ތިބި މީހުން ފައިސާތައް ގޯނި ގޯންޏަށް އަޅައިގެން ބެހިހެން އެކަން ކުރުމުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ވެންޓިލޭޓަރުގެ ހިޔާނާތާއި އެމްއެމްޕީއާރްސީ ފަދަ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ވެސް ސަރުކާރަށް ނުބެލި އޮތްއިރު، ވެރިކަން ދިފާއުކުރަން އެ ވާހަކަތައް ދައްކައިގެން ދެން ހޯދޭނެ ވޯޓެއް ވެސް ނޯންނާނެ ކަމަށެވެ. އެހެންކަމުން ދެން އޮތް ހަމައެކަނި ގޮތަކީ ވެރިކަން ބަދަލުކުރުން ކަމަށެވެ.

"މިހާރު ދެން ހަމައެކަނި އޮތް ގޮތަކީ ވެރިކަން ބަދަލުކުރުމަށްޓަކާ ރަނގަޅު އޮޑިއަކަށް އެރުން. އެ ނޫން ގޮތެއް މިހާރު ދެން އެމްޑީޕީގެ މެމްބަރުންނަކަށް ވެސް ނެތް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ