Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވައި ތަޣައްޔަރުވުން

2022 ވަނަ އަހަރު ވައި އެންމެ ނުސާފު ސިޓީ އަކީ ޕާކިސްތާނުގެ ލާހޯރު

ފާއިތުވި އަހަރު ވައި އެންމެ ނުސާފު ސިޓީއަކީ ޕާކިސްތާނުގެ ލާހޯރުކަމަށް ސްވިޒަލޭންޑުގެ އެއަރޕިއުރިފަޔަށް އުފައްދާ ކުންފުންޏެއް ކަމަށްވާ އައިކިއުއެއަރ އިން ބުނެފިއެވެ.

އައިކިއުއެއަރ އިން ކޮންމެ އަހަރަކުވެެސް ދުނިޔޭގެ އެކި ޤައުމުތަކާއި ސިޓީތަކުގެ ވައި ތަޣައްޔަރުވެފައި ހުރި މިންވަރު ބަލައި ލިސްޓެއް އާންމުކުރެއެވެ. ޕާކިސްތާނުގެ ލާހޯރު މިއަހަރު އެ ލިސްޓުގެ 1 ވަނައަށް ގޮސްފައިވާއިރު މިއީ އޭގެ ކުރީ އަހަރާ ބަލާއިރު 10 ދަރަޖައިގެ އިތުރުވުމެކެވެ.

ވަކިވަކި ޤައުމުތަކަށް ބަލާއިރު ލިސްޓުގެ އެއްވަނައިގައި އޮތީ އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ޗާޑެވެ. އަދި ދެވަނަ އަށް އިރާގު އޮތް އިރު ތިންވަނައިގައި އޮތީ ޕާކިސްތާނެވެ. އަދި ލިސްޓުގެ 4 ވަނައިގައި ބަހްރެއިން އޮތް އިރު 5 ވަނައިގައި އޮތީ ބަންގްލަދޭޝްއެވެ.

ސިޓީތަކަށް ބަލާއިރު ދެވަނައިގައި އޮތީ އިންޑިއާގެ ބިވާޑީ ސިޓީއެވެ. އަދި 3 ވަނާގައި އޮތީ އެ ޤައުމުގެ ވެރިރަށް ދިއްލީއެވެ.

އައިކިއުއެއަރއިން ވައިގެ ކޮލިޓީ މިނަނީ ވައިގެތެރޭގައި ޕީއެމް2.5 ހުންނަ މިންވަރަށް ބަލައިގެންނެވެ. އެއީ ފުއްޕާމެއަށް ގެއްލުންދޭ މާއްދާއެކެވެ.

މި ލިއުމާއި ގުޅޭ