އެކިއެކި ޖޫރިމަނާތަކުން ސަރުކާރަށް ލިބުނު އާމްދަނީ 21 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މި އާމްދަނީ ލިބިފައިވަނީ 1 ޖެނުއަރީ 2023 އިން 9 މާޗުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 91.9 މިލިއަން ރުފިޔާއެވެ.
އަހަރު ދެމަހުގެ ތެރޭގައި ޖުރިމަނާ ކޮށްގެން 21 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި 82.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.
މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން 62.4 މިލިއަން ރުފިޔާ ހޯދާނެ ކަމަށް އަންދާޒާކުރި އިރު، އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެ އެވެ.