Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ޝަރީފުގެ ބޮޑެތި ތުހުމަތުތަކެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވައިފިއެވެ.

މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ޝަރީފުވަނީ ނަޝީދަކީ އެމްއެމްޕީއާރުސީ ޚިޔާނާތް ހިންގުމަށް ފުރުސަތު ފަހިކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނަޝީދަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު މެދުވެރިކޮށް އެމްއެމްޕީއާރުސީ ޚިޔާނާތް ހިންގެވީ ނަޝީދާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ތަހުގީގަށްފަހު އެކުލަވައިލި ރިޕޯޓުގައި އެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓެއް ޝާއިއުކޮށް އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ޝަރީފުގެ ނަންފުޅު ހިމެނެއެވެ.

އެ ރިޕޯޓުގައި މަވޯޓާ ޝަރީފާއި ގުޅޭ ގޮތުން ލިޔެފައިވާ ބައިތައް "ދިޔަރެސް" އަށް ލިބިފައިވާއިރު އެކި ފަހަރުމަތިން ޖުމްލަ 88.6 މިލިއަން ރުފިޔާ މަވޯޓާ ޝަރީފަށް ލިބިފައިވާ ކަމަށް އެސެޓު ރިކަވަރީ ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.
މި ފައިސާ ޝަރީފަށް ދިން ކަމަށް ބުނާ ތާރީހުތަކާއި، އެދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދިޔަ ހާދިސާތަކަށް ބަލާއިރު މި ރިޕޯޓުގައި ލިޔެފައި ހުރީ ހަގީގީ ވާހަކަތަކެއް ކަމަށްބެލެވެއެވެ. ރިޕޯޓުގައި މި މައުލޫމާތު އެކުލަވާލާފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އަދީބް އާޢި އެއްކޮށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މުހައްމަދު އައްލާމް ލަތީފާއި، މުހައްމަދު ހުސެއިން މޮހޯ ައދި އަލީ އިޝްފާހުގެ ބަޔާންތަކުންނެވެ.

ޝަރީފު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ޖަލުން މިނިވަންވެވަޑައިގަތުމަށް ރައީސް ނަޝީދު އަޙްމަދު އަދީބާއެކު ޑީލެއް ހެއްދެވި ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންނަކީ އެއިރު އަމިއްލަ ހައިސިއްޔަތުން ހެއްދެވޭނެ ފެންވަރުގެ ބޭފުޅުން ނޫންކަމަށާއި އެއިރު ހެދި ހުރިހާ ޑީލުތަކެއްގެ ޒިންމާ ނަންގަވަންޖެހޭނީ ނަޝީދުކަމަށާއި، އެކަމުގެ ހެކި އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް އެއިރު އަދީބުގެ އަތްޕުޅުން އެމްޑީޕީއަށް ނެގި ފައިސާ ހޯދުމަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲގެ ފިރިކަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު އަދި އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒުކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ދައުލަތުގެ ހެކިވެރިއަކަށް ހަމަޖައްސައި ގެއަށް ބަދަލުކުރެއްވީވެސް ނަޝީދު ކަމަށެވެ. އަދި އެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއްވެސް ދައުރެއް ނޯންނާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފަކީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އަރިސް ބޭފުޅެކެވެ. ރައީސް އިބްރާހީމަށް އަދީބު 35 މިލިއަން ރުފިޔާ ދެއްވިކަމަށް އަދީބާއެކު އެއިރު އުޅުއްވި ބޭފުޅުން ތުހުމަތުކުރެއްވި ނަމަވެސް އެ މައްސަލަ ތަހުގީގެއް ނުކުރެއެވެ.

މި ލިއުމާއި ގުޅޭ