Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

އަންނަ ހުކުރު ދުވަހު ބީއެމްއެލް މުވައްޒަފުން މާލެ ސާފުކުރަނީ

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފިއެވެ.

މި ޕްރޮގްރާމްގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެއެވެ. އަދި މާލޭގެ 12 ސަރަހައްދެއް ސާފުކުރުމަށްވަނީ ހަމަޖެހިފައެވެ.
މިއީ ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. މީގެ އިތުރުން ސާފުކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫގެ އތުރުން ގދ. ތިނަދޫގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.
މި ލިއުމާއި ގުޅޭ