Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

އާސަންދަ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހުސްވެއްޖެ

ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައަށް ސަރުކާރުން މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 49.7 އިންސައްތަ ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 1 ޖެނުއަރީ އިން ފެށިގެން 9 މާޗުގެ ނިޔަލަށް އާސަންދައަށް 520 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި އަހަރަށް އާސަންދައަށް ކަނޑައަޅާފައިވަނީ 1.045 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިހާރު އެ ބަޖެޓުގެ 49 އިންސައްތަ މިވަނީ ހުސްވެފައެވެ. ފާއިތުވި އަހަރު މި މުއްދަތުގައި އާސަންދައަށް ހޭދަވެފައިވަނީ 318 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި މިންވަރު މިވަނީ 202 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ފާއިތުވި އަހަރުވެސް ޖޫން މަސްތެރޭގައި އާސަންދަ ބަޖެޓު އެއްކޮށް ހުސްވިއެވެ. އަދި އޭގެ ކުރީ އަހަރުވެސް އަހަރު ނިމުނު އިރު ކަނޑައެޅި ބަޖެޓަށްވުރެ ދެގުނަ އާސަންދައަށް ހަރަދުކުރިއެވެ.

އާސަންދައަށް ކުރާ ހަރަދުގެ ބޮޑުބައި ދަނީ ޕްރައިވެޓް ހޮސްޕިޓަލް ކްލިނިކް އަދި ބޭސް ފިހާރަތަކަށެވެ. އާސަންދަ ސްކީމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އިޤްތިސާދީ މާހިރުން ދަނީ ބުނަމުންނެވެ. މިހާރު އެ ސްކީމް އެކުލަވާލާފައި އޮތް ގޮތުން، ބޭކާރު ގޮތުގައި ދައުލަތުން ބޮޑެތި ހަރަދުތައް ކުރަންޖެހެއެވެ.
މި ލިއުމާއި ގުޅޭ