Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްނެސްޓީ އިންޓަނޭޝަނަލް

މުޒާހަރާތައް ހުއްޓުވަން ފުލުހުން ގަދަބާރު ބޭނުންކުރާ މައްސަލަ ތަހުގީގުކުރަން އެމްނެސްޓީން ގޮވާލައިފި

އިދިކޮޅު ފަރާތްތަކުން މާލެ ސިޓީގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުން އެކަށީގެންނުވާ ބާރު ބޭނުންކުރާ މައްސަލަ މިނިވަން ފަރާތަކުން ތަހުގީގު ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިގޮތަށް ގޮވާލީ ފުލުހުން މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރު ބޭނުން ކުރާތީ ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާނެއްގައެވެ. އެމްނެސްޓީއިން ވަނީ ސުލްހަވެރި މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުން ބާރު ބޭނުން ކުރަމުންދާގޮތާއި މެދު ކަންބޮޑުވުންފާޅުކޮށް އެކަން ކުށްވެރިކޮށްފައެވެ.

އަދި ސުލްހަވެރިކަމާއި އެކު މުޒާހަރާކޮށްގެން ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ދުވަހަކަު ކަހަލަގޮތަކަށް މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތައް ރޫޅާލަން ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރެއެވެ. އަދި މުޒާހަރާތަކުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ހައްޔަރުކޮށް ޖަލަށްލައެވެ.

މި ލިއުމާއި ގުޅޭ