Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަލީ ޒާހިރު

އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭއަށް ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީން: އަލީ ޒާހިރު

އެމްޑީޕީ އިސްވެ އޮވެ އަދާލުތު ޕާޓީ އަދި އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސޭހަ ކަމާ އެކު ކާމިޔާބު ކުރެވޭނެ ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން މިއަދު ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާއި ގުޅިގެންނެވެ. ޖޭޕީން އެގޮތަށް ނިންމީ ރައީސާ އެކު ކޯލިޝަން ހަދަން އެ ޕާޓީ އަށް ވެސް ދައުވަތު ދީފައި ވަނިކޮށެވެ.

ޖޭޕީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިރޭ އިއުލާން ކުރި ފަހުން، އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީ އިސްވެ އޮވެ އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން 2023 ގެ ރިޔާސީ އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެކަން ޔަގީން. އިންޝާ ﷲ،" ކަމަށެވެ.

ޖޭޕީއިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމާގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ސަރުކާރުން ޖޭޕީއަށް ދީފައިވާ ސްލޮޓުތައް ހުސްކުރަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.

ޖޭޕީއިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ޖެޕީއިން މިރޭ އިއުލާނުކޮށްފައިވާއިރު، އެޕާޓީގެ ސްލޮޓްތަކާއި މެދު އަމަލު ކުރާނެ ގޮތެއް އަދި މިސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

މި ލިއުމާއި ގުޅޭ