Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ވޯރާ ވިޔަފާރިވެރިން ފޮނުވާލި ފަހުން، ރާއްޖޭގައި ބޭރުގެ ނުފޫޒު އެންމެ ގަދަވި ދުވަސްވަރަކީ މިއީ: އަލީ ހުސައިން

ވޯރާ ވިޔަފާރިވެރިން rރާއްޖެއިން ފޮނުވާލި ފަހުން، ރާއްޖޭގައި ބޭރުގެ ނުފޫޒު އެންމެ ގަދަވި ދުވަސްވަރަކީ މިއީ ކަމަށް އަލީ ހުސައިން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި އަލީ ހުސައިން ވިދާޅުވީ ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައި އޮތް މިންވަރުގެ ސަބަބުން އެކަނި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށެވެ.

"ބޭރުގެ ނުފޫޒުގެ ވާހަކަ، އެ ސަބަބާ ހެދި އެކަނި ވެސް، ދެވަނަ ދައުރެއް ދޭން ނުޖެހޭ. ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލި ފަހުން، ރާއްޖޭގައި ބޭރުގެ ނުފޫޒު އެންމެ ގަދަވި ދުވަސްވަރަކީ މިއީ. އެހެންވީމަ ބައިވަރު ސަބަބު އެބަހުރި މި ސަރުކާރު ބަދަލު ކުރަން ޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި، ރައްޔިތުން މި ސަރުކާރު އިންތިހާބު ކުރީ ވަރަށް ފޮނި އުންމީދުތަކާ އެކު އެވެ. ނަމަވެސް އިންތިހާބުވުމަށް ފަހު، ކަންކަން ހިނގަމުންދާ ގޮތުން އިތުރު ދައުރެއް ދޭން އޭނާގެ ތާއީދެއް ނެތެވެ. މައިގަނޑު އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތުމެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވާ އަލީ ހުސައިން އަންނަނީ މިސަރުކާރުގެ ސިޔާސަތު ތަކަށް ފާޅުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އަލީ ހުސައިން ނިސްބަތްވެ ވަޑައިގަންނަވާ ޖޭޕީއިން ވަނީ މިފަހަރުގެ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމައި އެކަން މިއަދު އިއުލާނުކޮށްފައެވެ.

މި ލިއުމާއި ގުޅޭ