ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން, ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ސިފަކޮށްދެއްވާ މަޒާޖީ ގޮތަކަށް ސައީދު ވިދާޅުވީ ޝަރުއީ ދާއިރާއަށް އައި އެންމެ ބޮޑު އިސްލާހަކީ ދަށު ކޯޓުން ހުކުން ކުރާ ފަނޑިޔާރު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާ ހިސާބުން އެ ކޯޓަށް އޮޓޯއިން ޕްރޮމޯޓުވާ އިސްލާހު ކަމަށެވެ.
"ދަށު ކޯޓުން ހުކުން ކުރާ ފަނޑިޔާރަށް ހަމަ އެ މައްސަލަ ހައިކޯޓަށް ލީމަ އޮޓޯ ޕްރޮމޯޝަނެއްވެސް އެބަދޭ. ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ގާޒީގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެއީ އަޅުގަނޑުމެން ފެށުނީންސުރެ ވަކާލާތުކުރަމުން މިއައީ ބުނަމުން މި އައީ އެ ފަނޑިޔާރަށް އެބައޮތޭ އެއްބަސްވުމެއް ހަދާފަ. އެ ފަނޑިޔާރު ހައިކޯޓަށް އެބަ ލައޭ. އިއްޔެ އެކަންވެސް ކޮށް ނިންމައިފި" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވަނީ ފުލުފުލުގައި ސަރުކާރުން އިސްލާހުތައް ހުށައަޅަމުންދާއިރު ޖުޑިޝަލް ސާވިސް ކޮމިޝަނަށް އޮތް ސިޔާސީ ނުފޫޒު ނައްތާލުމަށް ހުށައަޅާނެކަމަށް ބުނި ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރާ އިސްލާހު ދައުރު ނިމެންދާއިރު ވެސް ހުށައަޅާފައި ނުވާތީ ފާޑުވިދާޅުވެފަ އެވެ.