Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ހުކުމްކުރި ފަހުން ރައީސް ޔާމީނުގެ މައްޗަށް 53 މިލިއަން ދައްކަން ކުރި ހުކުމް އިސްތިއުނާފުކޮށްފި

ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެފައިވާކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ހުކުމްކުރިތާ އެތައް ދުވަހެއް ފަހުން އެމަނިކުފާނުގެ މައްޗަށް 53 މިލިއަން ދިވެހި ރުފިޔާ ދެއްކުމަށް ކުރިމިނަލް ކޯޓުން އިއްވި އަމުރު އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފިއެވެ.

މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ހުކުމެއް ކުރާއިރު، އެ ސާބިތުވިކަމަށް ނިންމި ކުށެއްގެ އަދަބުވެސް ކަނޑައަޅައި އިއްވަންޖެހޭނީ އެ ހުކުމާއެކުކަމަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބުނެފައިވެއެވެ.

ޖޫރިމަނާކުރުމަށާއި ފައިސާ ދެއްކުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ހުކުމް އިއްވިތާ އެތައް ދުވަހެއް ފަހުންނެވެ. އެ އަމުރަކީ ސިޔާސީ އަމުރެއްކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންވަނީ އެ އަމުރު ނެރުމާއެކު ވިދާޅުވެފައެވެ.

އެ ނިންމުން ރައީސް ޔާމީނުގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވީ އިއްޔެކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ކުރި ހުކުމުގައި ހިމެނެންޖެހޭ ބައެއް އަމުރެއްގެ ގޮތުގައި ކުރިމިނަލް ކޯޓުން ނެރުނީ 26 ފެބްރުއަރީ ވަނަ ދުވަހުގައެވެ. އެ އަމުރު ނެރުމާ ގުޅިގެން ބައެއް ވަކީލުންވެސްވަނީ އެއީ ކޯޓުން އަމަލުކުރަންޖެހޭ އުސޫލުން ކުރި ކަމެއް ނޫންކަން ފާހަގަކޮށްފައެވެ.

ރައީސް ޔާމީނުގެ މައްޗަށް ޑިސެންބަރު މަހުގައި އިއްވި ހުކުމް އިސްތިއުނާފުކުރަން ހުށަހެޅުމުން އެ އިސްތިއުނާފާއެކު ހުށަހެޅި ބޭރު ޤައުމުތަކުގެ ކޯޓުތަކުގެ ހުކުމްތައް ތަރުޖަމާކޮށް، ދަށު ކޯޓުން އެއް ހުކުމެއްގައި ހިމެނި ދެ ޤަޟިއްޔާގެ އިސްތިއުނާފު ވަކިވަކިން ތައްޔާރުކޮށް ހުށަހަޅަން ހައިކޯޓުންވަނީ އަންގާފައެވެ.

މި ލިއުމާއި ގުޅޭ