Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަލް ސާވިސް ކޮމިޝަން

ސާދަ ރަށަކަށް މެޖިސްޓްރޭޓުން ހޯދަން ޖޭއެސްސީން އިއުލާނުކޮށްފި

ސާދަ ރަށަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.

އެގޮތުން 12 ރަށަކަށް އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖޭއެސްސީން އިއުލާނުކުރިއެވެ. އަދި ދެ ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށްވެސް އެ ކޮމިޝަނުން އިއުލާނުކޮށްފައިވެއެވެ.

އިސް މެޖިސްޓްރޭޓުން ހޯދާ ރަށްތައް

  • 1- ހދ.ނޮޅިވަރަން
  • 2- ށ.ކޮމަންޑޫ
  • 3- ނ.ވެލިދޫ
  • 4- ބ.ދަރަވަންދޫ
  • 5- ބ.ގޮއިދޫ
  • 6- ޅ.ހިންނަވަރު
  • 7- ކ.ކާށިދޫ
  • 8- އއ.މާޅޮސް
  • 9- ވ.ފުލިދޫ
  • 10- ތ.ހިރިލަންދޫ
  • 11- ގއ.ދާންދޫ
  • 12- ގދ.ރަތަފަންދޫ

މި ރަށްތަކުގެ އިތުރަށް ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށްވެސް އިއުލާނުކޮށްފައިވެއެވެ.

މެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިބެއެވެ. މި މަޤާމުގެ ޝަރުތުގެ ގޮތުގައި އޮންނަނީ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބެންޖެހޭނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 5 އޭޕްރީލް 2023 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އޭގެ ކުރިން އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.

މި ލިއުމާއި ގުޅޭ