Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

އދއިން ބޭއްވި ފަތުރުވެރިކަމުގެ ހަރަކާތެއްގައި ބައިވެރިވާ އިސްރާއީލުގެ ވަފުދަށް ސައުދީން ވިސާ ނުދިން

އދ.ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާއިން ސަޢުދީ ޢަރަބިއްޔާގައި ބޭއްވި ފަތުރުވެރިކަމުގެ ހަރަކާތެއްގައި ބައިވެރިވުމަށް ދައުވަތު ދިން އިސްރާއީލު މީހުންނަށް ސައުދީ ޢަރަބިއްޔާއިން ވިސާ ހަމަޖައްސައިނުދިންކަމަށް ބްލޫމްބާގު ނޫހުން ރިޕޯޓުކޮށްފިއެވެ.

އދގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާ ޔޫއެންޑަބްލިއުޓީއޯއިން ބޭއްވި މި ހަރަކާތަކީ ރަށްފުށުގެ ފަތުރުވެރިކަމާ ގުޅޭ ހަރަކާތެކެވެ. އެ ހަރަކާތުގައި އިސްރާއީލު ހިމެނޭހެން 23 ޤައުމަކުން ބައިވެރިވުމަށް ދައުވަތު ދިނެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޔޫއެންޑަބްލިއުޓީއޯއިން ދައުވަތު ދިނީ އިސްރާއީލުގެ އަވަށެއްކަމަށްވާ ކަފްރް ކާމާގެ ރަށްވެހިންނަށްވެ. އެ ދައުވަތު ދިނީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލުތަކުގެ ލިސްޓުގައި އެ އަވަށް ހިމެނުމާ ގުޅިގެންކަމަށް ބްލޫމްބާގް ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މި މަހު އޮތް ހަރަކާތުގައި ބައިވެރިވުމަށް ސައުދީއަށް ދަތުރުކުރަން ބޭނުންވާ ވިސާތައް އިސްރާއީލުގެ މަންދޫބުންނަށް މަސް ފެށުނުއިރުވެސް ނުލިބުމާ ގުޅިގެން އެމީހުން ކަންބޮޑުވުން ފާޅުކުރިއެވެ.

އަދި އިސްރާއީލުގެ ޚާރިޖީވުޒާރާއިންވަނީ ޔޫއެންޑަބްލިއުޓީއޯގައި އެ ޤައުމުގެ ވަފުދަށް ވިސާ ހަމަޖައްސައިދިނުމަށް އެދިފައެވެ. އެކަމާ ގުޅިގެން އެ ޖަމްއިއްޔާގެ އަމީން ޢާންމު ސައުދީގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ސިޓީއެއް ފޮނުއްވައި ވިސާ ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވިކަމަށް ވެއެވެ.

ނަމަވެސް ސައުދީ މިނިސްޓްރީން އެ ވިސާ ހަމަޖައްސައިނުދިނެވެ. މިކަމާ ގުޅިގެން ބްލޫމްބާގުން ބަހަކަށް އެދުމުން ސައުދީގެ ޓުއަރިޒަމް މިނިސްޓްރީން އަދި ޔޫއެންޓީޑަބްލިއުއޯއިން އެއްވެސް މައުލޫމާތު ދީފައިނުވެއެވެ.

އިސްރާއީލުގެ ވަފުދަށް ސައުދީން ވިސާ ދިނުމަށް އިންކާރުކުރިކަން މީޑިއާއަށް ތިލަވެފައިވާ ދުވަސްވަރަކީ ސައުދީއާއި އިސްރާއީލުގެ ގުޅުން އިތުރަށް ރަނގަޅުކުރުމުގެ މަޝްވަރާތައް ކުރެވެމުންދާކަމުގެ އަޑުތައް ގަދަވެފައިވާ ދުވަސްވަރެކެވެ.

މި ލިއުމާއި ގުޅޭ