Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވައްކަމާއި ފޭރުން

ދެ ސެންޓު ފުޅި ވަގަށް ނެގި މީހަކު ޖޫރިމަނާ ނުދެއްކުމުން ޖަލަށް

ފިހާރައަކުން ސެންޓު ދެ ފުޅި ވަގަށް ނެގި މައްސަލައެއްގައި ޖަލަށްލާން ކުރި ހުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައިވަނިކޮށް އެ ޖޫރިމަނާ ނުދެއްކުމުން ޖަލު ހުކުމަށް ހުކުމް އިއާދަކޮށް ތަންފީޒުކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޖަލު އަދަބެއް އިއްވުމަށްފަހު ޤާޟީއަށް އޮންނަ އިޚުތިޔާރުގެ ތެރެއިން ޖަލު ހުކުމް ޖޫރިމާނައަށް ބަދަލުކުރުމުގެ އިޚުތިޔާރު އޮވެއެވެ. އަދި އެފަދައިން ޖޫރިމަނާއަށް އަބަދު ބަދަލުކުރުމުން ޖޫރިމަނާ ނުދައްކައިފިނަމަ އެ އަބަދު އަނބުރާ ޖަލު ހުކުމަށް ބަދަލުކުރުމުގެ އިޚުތިޔާރު އޮންނާނެއެވެ.

މި މައްސަލާގައި ފިހާރައަކުން ދެ ސެންޓު ފުޅި ވަގަށް ނެގި މީހާ ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކުރީ 17،800 ރުފިޔާއިންނެވެ. ތިން މަސް ތެރޭގައި ފައިސާ ދެއްކުމަށް އެ ހުކުމުގައި އެންގި ނަމަވެސް އެ ފައިސާ ނުދައްކައެވެ.

އެ ފައިސާ ނުދެއްކުމުގެ މަޤުބޫލު ސަބަބެއް އެ މައްސަލާގައި ހުކުމް ރައްދުވި މީހާއަށް ނުދެއްކުމާ ގުޅިގެން އެ ޖަލު އަދަބުގެ ތެރެއިން ތަންފީޒުނުކޮށް އޮތް 2 މަހާއި 11 ދުވަހަށް ޖޫރިމަނާގެ އަދަބު ކޯޓުން ބަދަލުކުރިއެވެ.

މިއީ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ތެރެއިން ޖޫރިމަނާގެ ފައިސާ ނުދައްކާނަމަ އަދަބުގެ ބާވަތް ބަދަލުކުރުމަށް އޮންނަ އިޚުތިޔާރުގެ ތެރެއިން ކުރިމިނަލް ކޯޓުން ޖަލު އަދަބަށް އަދަބު ބަދަލުކުރި ފުރަތަމަ ފަހަރެވެ.

މި ލިއުމާއި ގުޅޭ