Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

އެމްއޭސީއެލްއިން ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އެމްއޭއެސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އެވެ.

އެއްބަސްވުމުގައި ސޮއިކުރިކަން ފިޔަވައި އިތުރު މައުލޫމާތެއް އަދި ދެ ކުންފުނިންވެސް އާންމުކޮށްފައިނުވެއެވެ.

އެމްއޭސީއެލް އަކީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑު ކުންފުންޏެވެ. އަދި ދިވެހި ސަރުކާރަށް ބޭރު ފައިސާ ލިބޭ މައިގަނޑު އެއް ވަސީލަތެވެ.

އެމްއޭސީއެލްގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާއިރު ދާދިފަހުން ބައެއް މިނިސްޓްރީތައްވެސް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ