Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އއ.ރަސްދޫ

ރަސްދޫ ކައިރިއަށް ޑައިވްކުރަން ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

އއ.ރަސްދޫ ކައިރިއަށް ޑައިވްކުރަން ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އއ.ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ހާލު ދެރަވެގެން ރަސްދޫގައި ހުންނަ އއ.އަތޮޅު ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދެވުނެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ.

އެ މީހާ އަކީ އުމުރުން 46 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.

ފާއިތުވި ހަފްތާގައިވެސް މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ ޖެނުއަރީ މަހު ކ.ތުލުސްދޫ ކައިރިން ފީނަން އުޅެނިކޮށް ލޯންޗެއްގެ ބުރަފަތީގައި ޖެހިގެންވެސް ފަތުރުވެރިއަކު މަރުވިއެވެ.

ރާއްޖޭގައި ކަނޑުމަތީގެ ހާދިސާތަކުގައި ކޮންމެ އަހަރަކުވެސް ފަތުރުވެރިން މަރުވެއެވެ. ގިނައިން މަރުވަނީ ގެނބިގެން ނޫނީ ޑައިވިނަށްގޮސް އުޅެނިކޮށް ހާލު ދެރަވެގެންނެވެ.

މި ލިއުމާއި ގުޅޭ