Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލީބިޔާ

ލީބިޔާއިން ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުންޖަހާލާ ގިނަ ބަޔަކު މަރުވެއްޖެ

ލީބިޔާއިން ގިނަ އަދަދެއްގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުންޖަހާލައި އެ ބޯޓުން ދަތުރުކުރި ގިނަ ބަޔަކު މަރުވެއްޖެއެވެ.

މެޑެޓެރޭނިއަން ކަނޑުގެ މެދަށް އަޑިއަށް ދިޔަ މި ބޯޓުން 47 މީހުން ދަތުރުކުރަމުން ދިޔައިރު އޭގެ ތެރެއިން 30 މީހުން ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް 17 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އެ މީހުން ސަލާމަތްކުރީ އިޓަލީގެ ކޯސްޓުގާޑުންނާއި، އެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ދެ މުދާ އުފުލާ ބޯޓުތަކުންނެވެ. އަދި އޭގެ އިތުރުން އީޔޫގެ ބޯރޑަރ އޭޖެންސީ ފްރޮންޓެކްސް އިންވެސް މީހުން ސަލަމަތްކުރުމުގައި ހަރަކާތްތެރިވިއެވެ.

30 މީހުން މި ހާދިސާގައި ގެއްލިފައިވާއިރު އިންސާނިއްޔަތަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެ ފާޑުކިޔުން ވަނީ އިޓަލީ އަށާއި އީޔޫއަށް އަމާޒުވެފައެވެ. މިގޮތުން މެޑެޓްރޭނިއަން ސޭވިން ހިއުމަންސް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވަނީ އެ ބޯޓު ބަންޑުންޖަހާލިކަން އެތައް ގަޑިއިރެއް ކުރިން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރި ކަމަށް ބުނެފައެވެ. އަދި އެލާމް ފޯން ނަމަކަށް ކިޔާ ޖަމިއްޔާއަކުންވެސް ވަނީ އެ ބޯޓު ހާލުގައި ޖެހިފައިވާކަން ރިޕޯޓު ކުރި ކަމަށް ބުނެފައެވެ.

އިޓަލީއިން މި ބޯޓު ސަލާމަތްކުރަން އެ ސަރަހައްދުން ދަތުރުކުރި މުދާއުފުލާ ބޯޓުތަކުގެ އެހީއަށް އެދުނީ ބޯޓު ބަންޑުންޖަހާލި ސަރަހައްދަކީ އިޓަލީގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރޭގައި ނުހިމެނޭ ހިސާބަކަށް ވާތީކަމަށް އެ ގައުމުގެ ކޯސްޓު ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެފްރިކާ ބައްރުން ޔޫރަޕަށް ހިޖުރަކުރަން ވެގެން ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ލީބިޔާއިން ކަނޑުމަގުން ޔޫރަޕަށް ދަތުރުކުރެއެވެ. އަދި މިދަތުރު ތަކުގައި އެތައް ބަޔަކު ކަނޑުވެ މަރުވެއެވެ. ލީބިޔާގެ އައްސޭރިފަށުން އިޓަލީގެ އެންމެ ކައިރި ހިސާބާއި ދެމެދު ހުންނަނީ 290 ކިލޯމީޓަރެވެ. އަދި އެއީ އެފްރިކާ ބައްރާއި ޔޫރަޕު ބައްރާއި އެންމެ ކައިރި އެއް ހިސާބެވެ.

ރައީސް އޮބާމާގެ ވެރިކަމުގައި އެމެރިކާ އިސްވެ އޮވެ ނޭޓޯގެ ޤައުމުތަކުން ލީބިޔާއަށް ބޮން އަޅައި އެ ޤައުމުގެ ހަމަޖެހުން ނަގާލައި، ސުންނާފަތި ކުރިފަހުން ލީބިޔާ ވެގެން ގޮސްފައިވަނީ ފޭލް ވެފައިވާ ޤައުމަކަށެވެ. އަދި އެތައް ބަޔަކު ގެދޮރު ނެތި ހާލުގައި ޖެހިފައިވާއިރު، ލީބިޔާ އަކީ އިންސާނީ ވަގުފާރި ކުރުމުގެވެސް މައި މަރުކަޒެކެވެ.

މި ލިއުމާއި ގުޅޭ