Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޯސްވުޑް ހޮޓެލް ގުރޫޕް

ޤަތަރު ކުންފުންޏަކުން ރާއްޖޭގައި ރިސޯޓެއް ހަދަން 343 މިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

ޤަތަރުގެ އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށްވާ އެސްތިތްމާރު ހޯލްޑިންއިން ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

މަޝްހޫރު ރޯޒްވުޑް ހޮޓެލްސް އެންޑް ރިސޯޓުން މެނޭޖު ކުރާ ގޮތަށް ތަރައްޤީ ކުރާ މި ރިސޯޓަށް 343 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) އިންވެސްޓު ކުރުމަށް އެ ކުންފުނިން ނިންމާފައިވެއެވެ. އެސްތިތްމާރު ހޯލްޑިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި އެ ރިސޯޓު ހުޅުވޭނެ ކަމަށް ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ތެރޭގައި ކަމަށެވެ.

ރޯޒްވުޑް ރަންފަރު ރިސޯޓުގެ ނަމުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ މި ރިސޯޓުގައި 120 ބީޗު އަދި ވޯޓަރ ވިލާ ހިމެނޭނެއެވެ. އެއީ 94 އެއް ކޮޓަރީގެ ވިލާ، ދެ ކޮޓަރީގެ 26 ވިލާ، 3 ކޮޓަރީގެ 6 ވިލާ، ހަތަރު ކޮޓަރީގެ 2 ވިލާ އަދި 5 ޕްރައިވެޓް އައިލޭންޑުވެސް ހިމެނޭނެއެވެ. އެ ކުންފުނީގެ އަމާޒަކީ އެ ރިސޯޓަކީ މުޅި ދުނިޔޭގައިވެސް ހިންގޭ އެންމެ މަތީ ފަންތީގެ ރިސޯޓަށް ވުމެވެ.

އެ ރިސޯޓުގައި ދުނިޔޭގެ ނަން މަޝްހޫރު ރެސްޓޯރެންޓުތަކާއި، ވޯޓަރ ޕާކު، ސްޕާ، ބީޗު ކްލަބު އަދި އެހެނިހެން ގިނަ ވަސީލަތްތައް ހިމެނޭނެ ކަމަށް އެސްތިތްމާރު ހޯލްޑިން އިން ބުނެފައިވެއެވެ.

މި މަޝްރޫއުއާއި ގުޅޭގޮތުން އެސްތިތްމާރު ހޯލްޑިންގެ ޗެއަރމަން މުއުތާޒު އަލް ހައްޔާތު ވިދާޅުވީ ރާއްޖޭގައި އޮތީ އިންވެސްޓްމެންޓުތަކަށް ފަހި މާހައުލެއް ކަމަށެވެ. މީގެ އިތުރުން ރޯޒްވުޑް ހޮޓެލްސް އެންޑް ރިސޯޓްސް ގެ ރައީސް ރާދާ އަރޯރާ ވިދާޅުވީ ރާއްޖެއަކީ ރޯޒްވުޑްގެ ރިސޯޓެއް ތަރައްޤީކުރަން ވަރަށް ރަނގަޅު ތަނެއް ކަމަށެވެ. އަދި މި މަޝްރޫއާއި އެކު މަތީ ފަންތީގެ ފުރިހަމަ ތަޖުރިބާއެއް ފަތުރުވެރިންނަށް ހޯދައިދެވޭނެކަން ޔަގީކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

ރޯޒްވުޑް ގުރޫޕުން 16 ޤައުމެއްގައި 30 ހޮޓެލް އޮޕަރޭޓުކުރެއެވެ.

މި ލިއުމާއި ގުޅޭ