Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހީމް 2 ޤައުމަކަށް ކުރެއްވި ދަތުރުފުޅުގެ ޓިކެޓަށް އެކަނި 1.2 މިލިއަން ރުފިޔާ

ދާދިފަހުން ރައީސް އިބްރާހީމް ޤަތަރު އަދި ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގެ ޓިކެޓު ހަރަދަށް އެކަނި 1.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި ރައީސް އިބްރާހީމް އާއި ރައީސް އޮފީހުގެ ވަފުދު ޤަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގެ ޓިކެޓަށް 1211657.34 ރުފިޔާ ހަރަދުވެފައިވާކަމަށެވެ. މިގޮތުން ރައީސް އިބްރާހީމާއި، ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ އިތުރުން ޖުމްލަ 17 ބޭފުޅުން ވަފުދުގައި ހިމެނިވަޑައިގެންނެވި ކަމަށް މައުލޫމާތު ދެއްވިއެވެ.

"މިއީ އަދި ޓިކެޓު ހަރަދު އެކަނި. އެހެން ހަރަދުތައް އެއްކޮށްލުމުން އެތައް މިލިއަން ރުފިޔާއެއް އަރާނެ" އެ ބޭފުޅާ ވިދާޅުވިއެވެ.

ރައީސް ގެ މި ދެ ދަތުރުފުޅުގައި ރައީސް އޮފީހުގެ އިތުރުން ފޮރިން މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެހެން ކަމުން މުޅި ދައުލަތުން މި ދެ ދަތުރުފުޅަށް ކުރި ހަރަދު 7 މިލިއަން ރުފިޔާއާއި ކައިރި ކުރާނެ ކަމަށް ބެލެވެއެވެ.

ރައީސް އިބްރާހީމް މީގެ ކުރިން ވޯލްޑްކަޕް ބައްލަވަން ޤަތަރަށް ކުރެއްވި ދަތުރުފުޅަށްވެސް މިލިއަނެއްހާ ރުފިޔާ ހަރަދުކުރެއްވިއެވެ. އަދި އޭގެ ކުރިން އިނގިރޭސިވިލާތުގެ ރާނީގެ ޖަނާޒާއަށް އެ ޤައުމަށް ވަޑައިގެން 3 މިލިއަން ރުފިޔާ ހަރަދުކުރެއްވިއެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އިބްރާހީމް ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ވަރަށް ދަތުރުކުރާހިތްވާ ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ