Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަރާމްކޯ

ސައުދީ ތެޔޮ ކުންފުނި އަރާމްކޯ އިން ރެކޯޑު އަދަދެއްގެ ފައިދާއެއް ހޯދައިފި

ސައުދީ އަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި، އަރާމްކޯއަށް ފާއިތުވި އަހަރު 161 ބިލިއަން ޑޮލަރު ފައިދާވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ ޕަބްލިކްކޮށް ލިސްޓުކޮށްފައިވާ ކުންފުންޏަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ. ސައުދީ އަރަބިއަން އޮއިލް ކޯ (އަރާމްކޯ) އަށް 2022 ވަނަ އަހަރު ލިބުނު ފައިދާއަކީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 46.5 އިންސައްތައިގެ އިތުރުވުމެކެވެ. އެ އަހަރުވެސް އެ ކުންފުންޏަށް 110 ބިލިއަން ޑޮލަރުގެ ފައިދާވިއެވެ. އަދި ކޮވިޑު-19 އާއި ގުޅިގެން މުޅި ދުނިޔެ 2020 ވަނަ އަހަރު ބަންދުކޮށްފައި އޮތް އިރުވެސް އެ ކުންފުންޏަށް 49 ބިލިއަން ޑޮލަރު ފައިދާވިއެވެ.

އަރާމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން ދަނީ އެ ކުންފުނީގެ ގާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓުތައް ކުރުމަށް ރާވަމުން ކަމަށާއި، އޭގެ ސަބަބުން ތެޔޮ އުފެއްދޭ މިންވަރު މުސްތަގުބަލުގައި އިތުރުކުރެވޭނެ ކަމަށެވެ. މިގޮތުން މި އަހަރު އެކަނި 55 ބިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އެ ކުންފުނިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 19.5 ބިލިއަން ޑޮލަރު ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ބާޒާރުގައި މިވަގުތު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގަކީ 82 ޑޮލަރެވެ. އަދި ތެލުގެ އަގު އެއް ވަރެއްގައި މި އަހަރު ހިފެހެއްޓޭނެ ކަމުގެ އުންމީދު އޮތް ކަމަށް ތެޔޮ އުފައްދާ ޤައުމުތަކުން ވަނީ މީގެ ކުރިން ބުނެފައެވެ.

މި ލިއުމާއި ގުޅޭ